ތަރައްގީގެ ކަންކަން ރައީސް ޑރ މުއިއްޒު ވަރަށް ގާތުން ބައްލަވާ ކަމަށް ނައިބުރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބް ރައީސް މިފަދައިން ވިދާޅުވެފައިވަނީ ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައި ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގައެވެ.
ރާއްޖެއަށް މިހާރު މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރައްވައި ރާއްޖެ ހަމަމަގަށް އެޅުއްވުމަށް ރައީސް ޑރ.. މުޢިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި ތަރައްޤީގެ ހުރިހާކަމެއްވެސް ސަރުކާރާ ރައީސުލްޖުމްހޫރިއްޔާ ވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް ނައިބް ރައީސް މި ބައްދަލުވުމުގައި ވިދާޅުވިއެވެ.
އަދި ނައިބް ރައީސް ވަނީ ނޮޅިވަރަންފަރު ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައި އެކަންކަން ގާތުން ބައްލަވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އެރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާ، ކުރިމަތިވާ ދަތިތަކާއި މައްސަލަތައް އެރަށުގެ ކައުންސިލުން ވަނީ ނައިބް ރައީސް އާއި ހިއްސާކުރައްވާފައިވާއިރު އޭގެ ތެރޭގައި ރަށުގައި އަލަށް ހަދާފައިވާ 100 ހައުސިން ޔުނިޓަށް ފެނާ ކަރަންޓް އަދި ނަރުދަމާގެ ޚިދުމަތްާއި، ފުޓްބޯޅަ އަދި ފުޓުސަލް ދަނޑު ރަނގަޅުފެންވަރަކަށް ހެދުމާއި ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް އިތުރުކޮށްދިނުން ހިމެނެއެވެ.
އަދި އޭގެ އިތުރުން މަގު ހެދުމާއި ސުކޫލުގެ އާ އިމާރާތުގެ މަޝްރޫޢު ވީ އެންމެ އަވަހަކަށް ފެށުމަށް ބޭނުންވާކަމާއި، މިހާރު ހުރި ޕޮލިސް ސްޓޭޝަން އެހެން އިމާރާތަކަށް ބަދަލުކުރުމާ، އޭ.ޓީ.އެމްގެ ޚިދުމަތް ލިބޭނެގޮތް ހައްދަވައިދެއްވުމަށާއި ރަށުގެ ބަނދަރުގެ ނެރު ފުންކުރުމާއި، ރަށުގައި ކުނި މެނޭޖުކުރާނެ ގޮތެއްނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، ސިއްޙީ މަރުކަޒް ޚިދުމަތްތައް ރަނގަޅުކުރުމާއި ބޭސްލިބުމުގައި ކުރިމަތިވާ ދަތިތައް އެރަށުގެ ކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދުގެ މެންދުރު ރައީސް އޮފީހުގައެވެ
ބައްދަލުކުރައްވައި ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގައެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރު ރައީސް އޮފީހުގައެވެ.