ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރަކަށް މުނައްވަރު އައްޔަން ކުރުމާއިމެދު އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
މި މަގާމަށް މުނައްވަރު އައްޔަނު ކުރުމަށް ރައީސް ޑރ. މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ ހޯމަ ދުވަހުގައެވެ. އެއާއެކު މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި މި މައްސަލަ ވަނީ އިތުރަށް ދިރާސާކުރުމަށް މާލިއްޔަތު ކޮމެޓީއަށް ފޮނުވާފައެވެ.
މި މައްސަލައިގައި އެ ކޮމިޓީން ނިންމީ އެ ކޮމިޓީއިން މުނައްވަރުގެ ނަންފުޅު ދިރާސާ ކުރަމުންދާއިރު އާންމުންގެ ހިޔާލު ހޯދުމަށެވެ. އެގޮތުން އެ ކޮމިޓީ އިން ވަނީ އިއުލާނެއް ކޮށްފައެވެ. މި އިއުލާނުގައި ވަނީ މުނައްވަރުގެ ނަންފުޅު ދިރާސާ ކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީގައި ކުރިއަށްދާއިރު އޭނާއާއި ގުޅޭގޮތުން އާންމުންގެ އެއްވެސް ޝަކުވާއެއް އޮތްނަމަ، އެކަން މަޖިލީހުގެ މާލީއްޔަތު ކޮމެޓީއަށް މިމަހުގެ 24 ވާ ބުދަ ދުވަހުގެ 14:00 ކުރިން އަންގަވައި ދެއްވުމަށެވެ.
މި މަގާމުގައި ކުރިން ހުންނެވީ ޢަލީ ހާޝިމް އެވެ. ހާޝިމް އެ މަގާމުން ވަކި ކޮއްފައިވަނީ ރާއްޖެއަށް މިހާރު ދިމާވެފައިވާ އިޤްތިޞާދީ ކާރިސާއިން ޤައުމު ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިނުވާކަމަށް ބުނެ، މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެންނެވެ

