މި އަހަރުގެ މިނިވަން ދުވަސް ކަމަށްވާ މި ހަފްތާގެ ހުކުރު ދުވަހު ހަވީރު މާލޭ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރަން ނިންމައިފި އެވެ.
59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އެއްވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެއްދިއުމަށް ހަމަޖެހިފައިވާ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މިހެންވެ މިހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖްކުރުމަށް ދަތިވާނެތީވެ، އެ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހިނގާލުން ކުރިއަށްދާ ވަގުތުގައި މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

