މާރާމާރީއެއްގެ މައްސަލައެއްގައި 23 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަޒީފަށް ދިން ހަމަލާގެ ތަހުގީގާއި ގުޅިގެން ޔޭގެ 00:04 އެހާ ކަން ހާއިރު 23 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލައިގައި 22 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.
ނަޒީފަށް ބަޔަކު ހަމަލާ ދީފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގައެވެ. މީނާ އަށް ލިބިފައިވާ އަނިޔާތައް މީސްމީޑިޔާގައި ދައުރުވެފައިވާއިރު އޭނާގެ ބޮލާއި މޫނަށް ލިބުނު އަނިޔާތަކުގެ ތެރޭގައި ލޯ ދުޅަވެ ބޯ ފަޅައިންގޮސް ސިކުނޑިއަށް ލޭ އެޅިފައިވެއެވެ.

