ހާފިޒު ޢަލީ ރަޢީފްގެ މައިންބަފައިންނަށް، ޢުމްރާ ދަތުރެއް އިސްލާމިކް މިނިސްޓްރީއިން ދީފިއެވެ.
މިނިސްޓްރީން އުމުރާ ދަތުރެއް ދީފައިވަނީ އއ، ތޮއްޑޫ، ދޮން މޫނިމާގެ ޢަލީ ރަޢީފް،ގެ މައިން ބަފައިންނަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ ޢަލީ ރަޢީފް، ވިދާޅުވީ އޯޓިޒަމްގެ އެންމެ މަތީ ލެވަލް ހުންނަ ކުއްޖެއްކަމަށް ޢާއިލާއިން މައުލޫމާތުދީފައިވާ އާރިފް 500 ހާފިޒުންގެ ޕްރޮގްރާމްގައި ޤުރުއާން ހިތު ދަސްކުރަން ފެށި، 9 އަހަރުން ކަމަށެވެ. އަދި ދަސްކޮށް ނިންމައި މި އަހަރު ފެބްރުއަރީ ގައި ވަނީ އެއްވެސް ކުށެއް ނުޖެހި 14 ދުވަހުން، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ހާފިޒުން އިމްތިހާނު ކޮމިޓީއަށް ހިތުން ކިޔައިދީފައި ކަމަށެވެ.
މިހާރު ފާސްވެ އެއްވަނަ ދަރަޖައިގައި ހާފިޒްކަމުގެ ސަނަދު ހޯދާފަވާ ކަމަށާއި، އޭނާއަކީ އާދަޔާ ޚިލާފު ހާފިޒެއް ކަމަށެވެ.
ދަސްކޮށްފައި އާޔަތްތައް އެކަންޏެއްނޫން. އޭނާ ދަސްކޮށްފައިވަނީ އާޔަތުގެ ނަމްބަރާ ވެސް އެކުގަ. މިފަދަ ކުދިންނަކީ އޮޓިސްޓިކް ކުދިންނޭ ބުނަނީ ކީއްވެބާއެވެ؟ ރަޢީފް ފަރާތުން އެފަދަ އެއްވެސް ޢައިބެއް ފާހަގައެއްނުވޭ. ކީރިތި ޤުރުއާންގެ ސަބަބުން އޭނާގެ ސުލޫކަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސްފައިވާކަން ވަނީ ފާހަގަވެފަ. ވަރަށް އަދަބުވެރި އަޚުލާޤު ރަނގަޅުކަން ފާހަގަވި. މިއީ ﷲ ދެއްވާ ނިޢުމަތެއް މިނިސްޓަރު ޝަހީމް
ޝަހީމް ވިދާޅުވީ އޭނާ ގެ މައިންބަފައިންނާ ބައްދަލުކޮށް ހިއްވަރު ދީފައިވާ ކަމަށާއި، އޭނާ އެންމެ ބޭނުންވީ ޢުމްރާ ދަތުރެއްކަމުން އިސްލާމިކް މިނިސްޓްރީއިން އެކަންކޮށްފައިވާ ކަމަށެވެ.
ރަޢީފް ޤުރުއާން ދަސްކޮށްފައިވަނީ ވަޒީފާއެއްގައި ވެސް އުޅެމުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

