ބަނގުރަލާއެކު ބިދޭސީންތަކެއް ހައްޔަރަށުކޮށް އެ އެންމެން ޑީޕޯޓު ކުރަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއް ކަމަށާއި މި އޮޕަރޭޝަނަގައި 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި މި އޮޕަރޭޝަން ގައި ހައްޔަރުކޮށްފައިވަނީ 24 އަަހަރުގެ ބިދޭސީ ފިރިހެނަކާއި 29 އަހަރުގެ ބިދޭސީ ދެ ފިރިހެނުން ކަމަށާއި އެ ތިން މީހުން ވެސް މިހާރުވަނީ ޑީޕޯޓު ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
އޭގެ އިތުރުން މި އޮޕަރޭޝަނަކީ މި ޖުލައި މަހުގެ 23 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނެއް ކަމަށާއި މި ބަނގުރަލުގެ ވިޔަފާރިކުރާ ކަަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލޭގެ އެޕާޓްމަންޓަކާއި ފިހާރައެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން އެ އެޕާޓްމަންޓާއި ފިހާރަ ބަލައިފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 141 ފުޅި ފެނިފައިވާ ކަމަށާއި މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

