ހދ . ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގެ މަސައްކަތް ގާއިމްކުުރުމުގެ މަސައްކަތް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްއީ) އިން ނިންމައިފިއެވެ.
މި މަޝްރޫއުއާއި ގުޅިގެން އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ކުމުންދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯކު އަޅައި ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ގުޅާފައިވާ ކަމަށާއި އަދި ފެން ރައްކާކުރުމަށް ތާނގި ބަހައްޓައި ބޯހޯލް ތޮރުފާ ޕަމްޕިން ސްޓޭޝަނާއި ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން ވެސް އަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ކަމަށާއި މި މަޝްރޫއުގެ ސަބަބުން ކުމުންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ގާއިމު ކުރެވޭނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.
މި މަޝްރުއު އަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން 102.17 ރުފިޔާއަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

