އެކަށީގެންވާ މިންވަރަށް ފެޓް، ކާބޯހައިޑްރޭޓްސް ނުވަތަ ޕްރޮޓީން ނުކެއުމަކީ ކޮލިޓީ ދަށްވުމާއި ނުވަތަ ގޯސް ނިދުމާ ގުޅިފައިވާ ކަމެކެވެ. ހާއްސަކޮށް ބެޑްޓިމްގެ ދެތިން ގަޑިއިރު ކުރިން ކެފެއިން އާއި އަލްކޮހޯލް ބޭނުންކުރުމުން ނިދުމުގެ ފެންވަރު ދަށްވާކަން ވަނީ ފާހަގަކުރެވިފަ އެވެ.
ރަނގަޅަށް ނިދުމަކީ ސިކުނޑީގެ މަސައްކަތާއި މޫޑާއި ސިއްހަތު ރަނގަޅުކޮށްދޭ ކަމެކެވެ. ގަވާއިދުން އެކަށީގެންވާ ފެންވަރުގެ ނިދި ނުލިބުމަކީ ގިނަ ބަލިތަކަކާއި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ. އޭގެ ތެރޭގައި ހިތުގެ ބަލިތަކާއި ސްޓްރޯކުން ފެށިގެން އޮބެސިޓީ އާއި ޑިމެންޝިއާ ހިމެނެ އެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރި ބޮޑު މީހަކަށް ނިދުމަށް ލަފާދޭ މިންވަރަކީ މަދުވެގެން ހަތް ގަޑިއިރެވެ. ގިނަ މީހުންނަށް ރަނގަޅަށް އަރާމު ކުރަން އެނދުގައި އަށް ގަޑިއިރަށް ވުރެ ގިނަ އިރު ބޭނުމެއް ނުވެ އެވެ. ހަފުތާ ބަންދު ވެސް ހިމެނޭ ގޮތަށް ކޮންމެ ދުވަހަކު ވެސް އެއް ފަހަރާ ނިދުމަށް ފަހު ތެދުވާށެވެ. ހަމަޖެހިލައިގެން ހުރުމަކީ ހަށިގަނޑުގެ ނިދުމާއި ހޭލުމުގެ ސައިކަލް ވަރުގަދަކޮށްދޭ ކަމެކެވެ
ކަސްރަތުކުރުމަކީ ރަގަޅުކަމަކަށްވިނަމަވެސް މާލަހުން ރޭގަނޑު މިކަންވެސް ކުރާކަށް ނުވާނެއެވެ، ތަޖުރިބާކާރުން ބުނާގޮތުގައި ހަށިގަނޑުގެ ފިނިހޫނުމިން މަތިވުމަކީ ނިދުމަށް ހުރަސް އަޅާކަމަކށް ވާއިރު ކަސްރަތުކުރުމުން ފިނިހޫނުމިން މަތިވެ މެޓަބޮލިޒަމް މަތިކޮށްދެއެވެ. އެހެންކަމުން އެންމެ ރަގަޅުގޮތަކީ ދުވާލުގެ ވަގުތު ނުވަތަ ރޭގަނޑު އިރާކޮޅު ކަސްރަތުކުރުމެވެ.
ނިދުމުގެ ކުރިން ޓީވީ ބެލުމަކީ ހާއްސަގޮތެއްގައި ބިރުވެރި ފިލްމުތަކާއި ޑްރާމާތައް ބެލުމުން ބިރުވެރި ހުވަފެންތަކުގެ ސަބަބުން ނިންޖަށް އަސަރު ކުރެއެވެ. ކަންމިހެން އޮތް އިރު ނިދުމުގެ ވަގުތުކޮޅެއް ކުރިން ޓީވީއާ ދުރަށް ޖެހިލާށެވެ.
ރޭގަނޑު ދަންވަންދެން މަސައްކަތްކުރުމުގެ ސަބަބުން މީހާ ވަރުބަލިވެ ހާސްވެ ކަންބޮޑުވުމުގެ ސަބަބުން ނިދި ގެއްލެއެވެ. އަދި ނިދުމުގެ ކުރިން މާގިނަ ވާހަކަ ދައްކައި ޒުވާބުކުރުމުން އެފަދަ ވާހަކަތައް ސިކުނޑީގައި ހަރުލާ ނިދުމަށް އުދަނގޫވެއެވެ.
ނޭވާއާ އެކު ހަށިގަނޑަށް ލުޔެއް ލިބި ހޭލާ ހުންނަ ޚިޔާލުތައް މަޑުކޮށްލާނެ ރެޑީމޭޑް ޓޫލްއެއް ހުރެއެވެ. މިގޮތަށް މަސައްކަތް ކުރާށެވެ: ހިތުގައި އަތް އަޅައި، އޭގެ ރިދަމް އިހުސާސްކުރާށެވެ. 4 ސިކުންތު ވަންދެން ނޭވާލުމަށްފަހު ދިގު، މަޑު ނޭވާއެއް ލާށެވެ. ހިތުގެ ތެޅުން މަޑުވާކަމުގެ އިހުސާސް ކުރެވެންދެން މި ތަކުރާރުކުރާށެވެ

