އެސްޓީއޯމެޑިކަލްސާވިސަސްއިންރާއްޖެއަށްއެސްޑީބަޔޯސެންސާލެބް ސާމާނުތައާރަފްކޮށްފިއެވެ
ލޮނުޒިޔާރަތް ޕާކުގައި ރޭ ބޭއްވި ހަފްލާގައި އެ ސާމާނު ލޯންޗުކޮށް ދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ޝިރުނާ އެވެ.
އަލަށް ތައާރަފް ކުރެވިފައިވާ އިކުއިޕްމެންޓްތަކުން ވަގުތުން ނަތީޖާ ލިބޭ ޕޮއިންޓް އެފް ކެއަރ ޓެސްޓުތައް ހެދޭނެއެވެ. އަދި މި ވަސީލަތްތަކަކީ ބޮޑެތި ހޮސްޕިޓަލު ތަކާއި ހެލްތް ސެންޓަރު ތަކުން ފެށިގެން ކްލިނިކް ތަކާއި ހަމައަށް ވަރަށް ބޭނުންތެރި ފަސޭހަ، އަވަސް އަދި، އިތުބާރު ކުރެވޭނެ ނަތީޖާ ނެރެދޭނެ ވަސީލަތްތަކެކެވެ. އަލަށް ތައާރަފް ކުރެވުނު އިކްއިޕްޓްތަކުން ހެދޭ ގިނަ ޓެސްޓުތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިއުއެޗްއޯ) އިން ޕްރީކޮލިފައިވެފައިވާ ޓެސްޓުތަކެއްކަން އެސްޓީއޯއިން ފާހަގަކުރެއެވެ.
އަމިނިސްޓްރީ އޮފް ހެލްތް، އެޗްޕީއޭ، އަދި އެހެނިހެން މައި ސިއްހީ އިދާރާތަކުންނާއި ހޮސްޕިޓަލު އަދި ކްލިނިކްސް ތަކުން ހާޒިރުވި މި ހަފްލާގައި އެސްޓީއޯ އިން އަލަށް ތައާރަފްކުރި ވަސީލަތްތައް ހާޒިރީންނަށް ދައްކާލައި އަދި ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ޝިރުނާ
އަލަށް ތައާރަފް ކުރެވުނު ލެބް އިކުއިޕްމެންޓްތައް: ޕްރޮޑަކްޓްގެ ނަން: އެފް-200 އަދި އެފް-2400
ހެދޭ ބައެއް ޓެސްޓްތައް:
- ތައިރޮއިޑް ޕްރޮފައިލް
- ހިތުގެ ބަލި ހުރިތޯ ބެލުމަށް ހެދޭ ޓެސްޓުތައް
- ޑެންގޫ
- ގޮހޮރުގެ ބަލިތައް
- ވިޓަމިން ޑީ
- ބީޓާ އެޗްޗީޖީ
- އިންފްލެމޭޝަން މާކާސް
އެސްޓިއޯއިން ބުނީ އެސްޑީ ބަޔޯސެންސާ އަކީ ދެކުނު ކޮރެއާ އަށް ނިސްބަތްވާ ކުންފުންޏެއް ކަމަށެވެ..އިގްނޯސްޓިކް ވަސީލަތްތައް އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ކުންފުނީގެ ޑައިގްނޯސްޓިކް ވަސީލަތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ ދާއިރާގައި ބޭނުން ކުރެވޭ ކޮލިޓީ ރަނގަޅު އިތުބާރުހިފޭ މޮޅު އުފެއްދުންތަކެއް ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

