ވަގު ވިސާގައި އެތެރެވާން އުޅުނު ބިދޭސީއަކު އިމިގްރޭޝަން އިން ހިފަހައްޓައިފިއެވެ.
މިކަމާއި ގުޅިގެން އިމިގްރޭޝަން އިން އެކްސްގައި ޕޯސްޓެއް ކޮށްފައިވެއެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ ނަކަލުކޮށްފައިވާ ވިސާއެއް ޖަހާފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން އޮޅުވާލައިގެން ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން ރާއްޖެއިން ފުރަން މަސައްކަތްކުރި ބިދޭސީއަކު ވަނީ ހުއްޓުވާފައިވާ ކަމަށެވެ.
އޭގެ އިތުރުން މި މީހާ ހުއްޓުވާފައިވަނީ 22 ޖުލައި 2024 ވީ ހޯމަ ދުވަހު ކަމަށާއި އަދި މި މީހާ މިހާރުވަނީ ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ.
މީގެ އިތުރުން މި މައްސަލައިގައި ޑީޕޯޓުކޮށްފައިވަނީ 35 އަހަރުގެ ފިރިހެނެކެވެ.
ނަކަލު ކޮށްފައިވާ ވިސާއެއްގެ މައްސަލައިގައި ބިދޭސިއަކު ޑީޕޯޓުކޮށްފައިވާއިރު މީގެ ކުރިންވެސް ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށް އޮޅުވާލައިގެން ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން 03 ޖުލައި 2024 ވީ ބުދަ ދުވަހު ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި 04 ބިދޭސީން ހުއްޓުވާފައި ވާކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

