މިނިވަންދުވަހަށް ޙާއްސަކޮށްގެން ތައްޔާރުކުރާ ބަނބުކެޔޮ ބަތްޕެނާއި، ބަނބުކެޔޮ ބޮނޑިބަތުގެ ތަފާތު ވައްތަރުތައް ޝެފް މޯޑް ބަދިގެން ލިބެން އެބަހުއްޓެވެ.
މިއަދަށް ޙާއްސަ މި އައިޓަމްސްތައް ލިބެންހުންނާނީ ރޭގަނޑު ފަރީއްކުޅުއްވާ ފަރާތްތަކަށް ކަމަށް ބަދިގެއިން ބުނެއެވެ. މިއަދަށް ބަނބުކެޔޮ ބަތްޕެނާއި، ބަނބުކެޔޮ ބޮނޑިބަތް ޙާއްސަކުރި ނަމަވެސް ކޮންމެ ދުވަހަކުވެސް މި ބާވަތްތައް ފުރިހަމަ ރަހަތަކާއެކު ލިބޭނެ ކަމަށް ބުނެފައި ވެއެވެ.
ދިވެހި ކެއުންތައް ތައްޔާރު ކޮށް ދިވެހި ކެއުންތަކުގެ ރަހަތައް އާންމުންނަށް ފޯރޮކޮށްދޭ ހުޅުމާލޭގައި ހުންނަ ޝެފް މޯޑް ބަދިގެއިން ކަނޑުކުކުޅު ރިހައާއި، ރިހާކުރު ދިޔައިގެ އިތުރުން އެންމެ ދިވެހި ރަހައިގެ ތަފާތު ކާތަކެތިވެސް ލިބެން ހުރެއެވެ.

ހުޅުމާލެ ބަދިގެ އަހިގަސްމަގު ލޮޓް: 104050 .
އެ ބަދިގެއިން ދިވެހި ކެއުމުގެ ހުރިހާ ބާވަތެއް ލިބެން ހުންނައިރު، މި ރަހަތައް ބަލާލުމަށް ބޭނުންވާ ފަރާތްތަކަށް ގޭގެ ތިބެގެންވެސް ލިބޭނެއެވެ.
މި ބަދިގެއިން ހުޅުމާލޭގެ ކޮންމެ ތަނަކަށް ޑެލިވެރީގެ ހިދުމަތް ފޯރުކޮށްދެއެވެ.
މި ބަދިގެއިން މިނިވަން ދުވަހާއި ގުޅިގެން ހާއްސަ ޑިސްކައުންޓްތައްވެސް ވަނީ މެހުމާނުންނަށް ހުޅުވާލާފައެވެ. އެގޮތުން 10 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް މިއަދު މެންދުރުން ފެށިގެން ދެވޭނެ ކަމަށް ބަދިގެއިން ބުނެއެވެ.

