ގައުމީ އެއާލައިން މޯލްޑިވިއަން އަށް އެއާބަސްއެއް ގެނައުމަށް ޓްރޫނޯޑްއާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މޯލްޑިވިއަން ގެ ފަރާތުން އެއާލައިން ހިންގަމުންދާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސް ސޮއިކޮށްފައި ވާއިރު ޓްރޫނޯޑްގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ސީސީއޯ ކާރްސްޓް ލިންޑާބޫމްއެވެ.
މި މަޝްރޫއަކީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެއް ކަމަށާއި މި މަޝްރޫއުއަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ރާއްޖޭގެ އިގްތިސޯދަށް މުހިންމު މަޝްރޫއެއް ކަމަށް އިބްރާހިމް އިލްޔާސް ވިދާޅުވިއެވެ.
އޭގެ އިތުރުން އިލްޔާސް ވިދާޅުވީ މި ފްލައިޓްގެ ދަތުރުތައް މިއަހަރުގެ ފަހު ކުއާޓާރުގައި ފެށިގެންދާނެ ކަމަށާއި ފުރަތަމަ ދަތުރުތައް ފަށާނީ ޗައިނާއަށް ކަމަށެވެ. އަދި މިފްލައިޓްގައި 3 ކްލާހެއް ހިމެނޭކަމަށާއި އެގޮތުން ބިޒްނަސް ކްލާހުގައި 18 ސީޓް، ޕްރިމިއަމް ކްލާހުގައި 36 ސީޓުގެ އިތުރުން އިކޮނޮމީ ކްލާހުގައި 210 ސީޓު ހިމެނޭނެކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.
މޯލްޑިވިއަން އަށް ގެނައުމަށް ހަމަޖެހިފައިވާ ވައިޑް ބޮޑީ މަތިންދާބޯޓެއް ކަމުގައިވާ A330-200 މަރުކާގެ އެއާބަސް މަތިންދާ ބޯޓަކީ އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރުކުރެވޭނެ ބޯޓެކެވެ

