އޭނާ ބުނަނީ ޝާހާއަކީ ވަރަށް ރީތި އަންހެނެއްކަމުގައެވެ. އޭނާ ހިތް ޝާހާ އަށް އެދެވޭ ކަމަށެވެ. އޭނާގެ ތައުރީފްގެ ލަފްޒުތަކުން ޝާހާގެ ދިޔައީ އުފަލުންފަރިވެ ފޮޅަމުންނެވެ. އޭނާގެ ޖާދޫގައި ޝާޙާ ޖައްސާލީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ކުރި ދެ ތިން ކޯލާއެކު ޝާހާ ބަދަލުވިއެވެ. ޝާހާ މިއަދު ވަނީ އެލޯބިން ހިތް ހަލާކުވެފައެވެ. އޭނާ އޭނާގެ މުޅި ދިރިއުޅުން ޝާހާއަށް ކިޔައިދިނެވެ. ނަމަވެސް އަދިވެސް ޝާހާއަކަށް ވާނުވާނޭގޭ ކަހަލައެވެ. ލޯތްބެވެ. ވެވުނީ ލޯތެބެވެ. ދެވުނީ ލޯތްބެވެ. މިއަދު ޝާހާގެ ހަޔާތަށް އޮތް ހަމައެކަނި ހިތްހަމަ ޖެހުމަކީ އާދޭހެވެ. ވީ ކީތް ހެއްޔެވެ. ؟
ނަމަވެސް ބައެއްފަހަރު ޝާހާ އަށް އޭނާ އަކީ ކުށްވެރިއެކޭވެސް ހީވެއެވެ. ކަށިބޯ ބިޔަ ޖަންގެއްގެ ތެރެއަށް ޝާހާ ހިތް ގަންބާލީ ހުދު އެލޯބިން އޭނާ މިއަދު ހަނދާން ކުރަމުންދާ ފިރިހެނާއެވެ.
ކުރިއަށް ފިޔަވަޅެއް ފަހަތަށް ފިޔަވަޅެއް އަޅަން ނޭނގޭހާލު ޝާހާ އަށް ހުންނަން ޖެހެނީ ވާނުވާ ނޭނގޭ ވަހުތާނެއްގެ ތެރޭގައި ތާށިވެފައެވެ.
ކޮންމެ މީހަކުވެސް ބޭނުންވަނީ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމެވެ. ކުލުނާއި ހަމްދަރުދީއެވެ. ލޯބީގެ ފިރުމުންތަކެވެ. ނަމަވެސް ޝާހާގެ ހަޔާތަށްއޮތީ ގިސްލާ ރުއިމެވެ. ވޭނީ ކަރުނައެވެ. ބައެއްފަހަރު ގިސްލާ ރުއިން ނޫންކަމެއް ނެތްހެން ހީވާފަހަރުވެސް އާދެ އެވެ. ހިތް އެދޭމީހުންނާއި ބައިވެރިންނާއިވެސް ދިމާވެއެވެ. ނަމަވެސް ޝާހާއަށް އޮތީ ކަރުނައެވެ. އުފަލެއްނެތް މި ދުނިޔެއިން މާކަނޑަށް ފެތެމުންދަނިކޮށް އުއްމީދުގެ ހުޅުކޮޅެއް ދިއްލާ ލެވުނެއެވެ. އެއީ އަނިޔާއެއްކަމެއް ވޭނެއް ކަމެއް ނޭގެއެވެ. ފެނަށް ކަރު ހިއްކަމުންދަނިކޮށް އެ އައްޔާއި ކައިރިވެވުނެވެ. އެއީ ވޭނެއްކަމެއް އަނިޔާއެއް ކަމެއް ފަހަރެއްގައިވެސް އެނިގެންނެއްނޫނެވެ. ހީވީ އެއީ ލިބުނު އުފަލެއް ކަމުގައެވެ.
އުއްމީދުތަކުން ފުޑުފުޑުވަމުން ދަނިކޮށް ހުވަފެނީ މަންޒިލަށް ވާސިލްވެވުނެއެެވެ. އޭނާގެ ފަރާތުން ބޭނުންވީވެސް އެ ލޯތްބެވެ. އެ ކުލުނެވެ. އަޑިގުޑަންތަކުން އަރައިނުނަވޭނެ ކަމަށް ހީކުރެވެމުންދަނިކޮށް އޭނާ އަށް ޝާހާއަށް ހިތް ދިނެވެ. އޯގާތެރި ލޯތްބަކަށް ފެންބޮވައިގެންފައިވާ ޝާހާއަަށް އޭނާ ދެއްކި މަގުން މިސްރާބް ޖެހުނެވެ. މީގެ އަހަރެއްކުރިން ދިމާވި އެ ބައިވެރިއާ ޝާހާ އަށް ވަގުތުހުސްކުރީ އޭނާގެ ހަޔާތަށް ބޭނުންވާ އެންމެ މުހިންމު މީހާ އަކީ ޝާހާ ކަމަށް ފީލްވާ ގޮތަށެވެ.
ވަގުތުތައް ޝާހާއަށް ހުސްކުރަމުންދިޔައީއެވެ. މުޅި މާލޭގެ ބޭރުގައިވީ އޭނާގެ ހަނދާންތަކެވެ. ސައިކަލް ބުރު ޖެހުމާއި ކޮފީތަކުގައެވެ. ދަންވަރުގެ ހަމަހިމޭންކަމުންވެސް ހިތުގައި ބިންވަޅު ނެގެނީ އެ ޖާދުވީ ސޫރައެވެ. ސުނާމީ ބިނާ ތެރޭގައި މަޑުކޮށް ވާހަކަދައްކަން ތިބީ އެކަކުއަނެކަކާ ނޭވާވެސް ނުލެވޭހާ ކައިރީގައެވެ. ނިންމާލަނީ ރަސްފަންނުގެ ޖޯލިންނެވެ. އެ ހަނދާންތަކާއިއެކު ޝާހާގެ މޭ ވަނީ ފިސް ފިސް ވެފައެވެ. އޭގެ ފަހުން އޭނާގެ ފޯނު ކޯލުތައް ޝާހާއަށް ލިބެމުންދިޔައީ ވަރަށްވެސް ޝައުގުވެރިކަމާއެކުގައެވެ. ބުނާ ކަހަލައެވެ. ތީ އަހަންނަށް ވަރަށް މުހިންމު މީހެކެވެ. ތީ އަހަރެންގެ ހަޔާތަށް އަހަރެންގެ ގެންނަން ބޭނުންވިފަދަ ބައިވެރިއެވެ.
ދިގު ފޯނުކޯލާއި އެކު ލިމިޓް ކޮށްފައިއިން ފޯން ލައިނަށް އަރަމުންދިޔައީ ކިހާވަރެއް ކަމެއް ނޭނގުނު ނަމަވެސް، ދެ ކޮނޑުގަ އިން ދެ މަލާއިކަތުން ލިޔުއްވަމުން ދިޔައިރު އެފަތަށް ބަރުވީ ކިހާވަރެއް ކަމެއްނޭނގުނު ނަމަވެސް ޔަގީންވާ ކަމަކީ ކޮންމެ ހިނދުކޮޅަކުން ޝާހާއަށް ދިޔައީ އޭނާ އަށް ހިތްދެވެމުންކަމެވެ. ލޯބި އުތުރިއަރަމުންކަމެވެ. ހިތުގައި އުފެދެމުންދިޔަ ޖަޒުބާތާއި އެކު ޝާހާ ދުނިޔެއިން މަޔޮވަމުންދިޔަކަން އޭނާއަށް އެނިގިހުރެ ވެސް އެނާ ބުނީ ޝާހާއަކީ އޭނާ ބޭނުން މީހެއް ކަމުގައެވެ.
އޭނާގެ އެ ލަފްޒުތަކުން ލޯބީގެ ކަނޑަށް ޝާހާ ފެތެމުންދިޔައީ ޙުދު އޭނާއާއި ހެދިއެވެ.
އަންހެނަކާ ފިރިހެނެއްގެ އެންމެ މުހިންމު ލޯތްބަކީ ފިޒިކަލް ގުޅުމަކަށްވާއިރު، އެގުޅުމުގެ ތެރެއިންވެސް އޭނާ ޝާހާއާއި ބަދަލު ކުރިއެވެ. ޝާހާއަށް ވަގުތިދިނެވެ. ވަކިވަކިބައްދަލުވުން ތަކުން ހިތުގައި ފިރުމައިދިނެވެ. މިއީ ޝާހާގެ ހަނގީގީ ލޯބިވެރިއާނޫން ފަހެ ކާކު ހެއްޔެވެ. ނަމަވެސް ޝާހާ އޭނަޔާ މެދު ޝައްކު ކުރީއެވެ. ހިތަށް އެރީއެވެ. ހަމަ އަސްލުގައިވެސް އޭނަ ވަނީ ލޯބި ހެއްޔެވެ. ނުވާނެއެވެ. އެއީ މީހެއްގެ ފިރިއެކެވެ. ނަމަވެސް ބުނަމުންދިޔައީ ލޯބިވާ ކަމަށެވެ.
ކެތްތެރިކަމަކީ ނަބީކަމާ އެއްވަރު ކަމެކެވެ. ދުނިޔެއާއި އާޙިރަތުގެ ގޮވެތީގައި ކާމިޔާބު އޮތީވެސް ކެތްތެރިންނާއި އެކުގައެވެ. ނަމަވެސް ތިމާ ބޭނުންވާ ކަމެއް ހާސިލް ކުރަންއެދޭ ހިދު އެކަމަކަށް ބޭނުންވެއެވެ. އަދި އަދި މިހެން ބުނެވޭ ފަހަރުވެސް ވަރަށް ގިނަވެއެވެ.
ކިތަންމެ ގިނައިން އެއްޗެއް ލިބުނު ކަމުގައިވީނަމަވެސް އިންސާނާގެ ހިތެއް ނުފުރެއެވެ. އާންމުކޮށް އިންސާނާ އެކަމަކަށް ބޭނުންވާނީ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމުގެ ތެރެއިންނެވެ. ޝާހާ އޭނާއަށްޓަކާ ހުންނަންޖެހެނީ ވަގުތު ހުސްކޮށްގެނެވެ. އަދިވެސް ޝާހާ ބޭނުންވަނީ އެ ލޯތްބެވެ. އެ ދިގު ކޯލްތަކެވެ. ނަމަވެސް މިހާރު އެކޯލްތަކެއް ޝާހާއަކަށް ނާދެއެވެ. ފޯނަށް ގުޅާލާނެކަމަށް އެތައް ރެއަކު ޝާހާ އޮންނަނީ ނުނިދާ ހޭލައެެވެ. އަންނަނީ މެސެޖެކެއެވެ. އަންނަނީ އެއް މެސެޖެކެވެ. “ކެތް ކުރާށެވެ”.
ރޭގަނޑު 12 ގެ ފަހުން ޝާހާ އަަށް އޮތީ ކެތް ކުރުމެވެ. ވޭނާއި ކެކުޅުމުގައި ހަނދާން އާ ކުރުމެވެ. ޝާހާ ދެކޭގޮތުގައި އޭނާ ޝާހާމެދު ދެކުނީ ކޮންގޮތަކަށް ކަމެއް ލޯބި ވެވުމުގެ ކުރިން ނޭގެއެވެ. އަދިވެސް ނޭގެއެވެ. ހިތަށް ތަސައްލީއެއްނުލިބި ފާއިތުވަމުންދާ ކޮންމެ ވަގުތަކީ ޝާހާ ހާދަ ވިސްނާނެ ވަގުތެއްކަން އޭނާއަށް ހަމަނޭނގެނީ ބާއެވެ.
އެހެން މީހަކަށް އިންތިޒާރު ނުކުރެވެއެވެ. އެހެން ލޯތްބެއް ބޭނުމެއްނުވެއެވެ. ފޯނަށް އަންނަ ކޮންމެ ފޯނު ކޯލެއް އަދި ކޮންމެ މެސެޖެއްވެސް ޝާހާ އިގްނޯރ ކުރެއެވެ. ޝާހާއަށް އެ ހަނދާން ނޫން އެހެން ހަނދާނެއް އާނުވެއެވެ.
އިންތިޒާރު ކުރެވެނީ އެ ކޯލަށެވެ. ރޭގަނޑުގެ ހަމަހިމޭންކަމުން ހިތައް ތަސައްލީ ހޯދަދިން އެ ފޯން ކޯލް ބަދަލުވީ ދުވާލުގެ އެންމެ ގަދަ ދަޅައިގެ ވަގުތަށެވެ. އެ ދުލުން ޔަގީން ކޮށްދެނީ އުއްމީދެއް އޮތިއްޔާ އަލިކަމެއް ވާނެކަމެވެ. އެ ދުލުން ބުނަނީ ކެތް ކުރާށެވެ. ހަޔާތަށް މިއައީ ކޮންފަދަ ބޮޑު ލޮޅުމެއް ހެއްޔެވެ. ކޮންފަދަ ބޮޑު ވޭނެއް ހެއްޔެވެ. ބަރުދާސްތު ނުކުރެވޭ ހާލުގައި މިދުނިޔެއާއި ކުރިމަތިލުން ނޫން ގޮތެއް ޝާހާއަށް ނެތީބާއެވެ. ކެތް ކުރަންވީބާއެވެ. އޭނާގެ ވާހަކަތައް އަޑުއަހައިގެން ހުންނަންވީބާއެވެ.
ކިޔުންތެރިންނަށް ދޫ ކޮށްލަމެވެ. ނިކަން މުޅި ވާހަކަ ދެތިން ފަހަރު ކިޔާލާށެވެ. ހެޔޮ ނަސޭހަތަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ކޮންމެންޓް ސެކްޝަނުން މި އަންހެންކުއްޖާގެ ހިތަށް ފިނިކަމެއް ހޯދަދީބަލާށެވެ.
ދެން ކަންވާނީ ކިހިނެތް ހެއްޔެވެ.؟

