ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ”މީޑިއާ ވިލެޖް” ހަދާނީ ހުޅުމާލޭގައި އެސްޓީއޯ އިން އަޅާފައިވާ ހޮޓެލް އިމާރާތުގައި ކަމަށް އެމަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އެކަން ހާމަކުރެއްވީ ރާއްޖޭގެ 59 މިނިވަން ދުވަހުގެ މުނަސާތަބުގައި ބޭއްވި ޖަލްސާގަ ވާހަކަ ދައްކަވަމުން ނެވެ.
ރަައީސް ޑރ މުއިއްޒު ވިދާޅުވި ގޮތުގައި އެ ހޮޓެލް އިމާާރާތުގެ ބައެއް ފަންގިފިލާތައް މީޑިއާ ވިލެޖަށް ހާއްސަކުރައްވާނެ ކަމަށެވެ. އަދި ކޮންމެ މީޑިއާއަކަށް ވެސް އޮފީސް ހިންގުމަށް އަގުހެޔޮ ކޮށް އެތަނުން ޖާގަ ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
“މި މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 1 އަަހަރު ތެރޭގައި ނިމިގެންދާނެ،” ރައީސް ވިދާޅުވި އެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން މީޑިއާތަކަށް ބޮޑު ސަމާލުކަމެއް ދެމުންދާ ކަމަށާއި އަންނަ އަހަރުން ފެށިގެން ފާސްކުރާ ކޮންމެ ބަޖެޓެއްގައި މީޑިއާތަކަށް އެލަވަންސެއް ދިނުމަށް ހިމަނުއްވާނެ ކަމަށެވެ. އެއީ ވެސް ރައީސް ޑރ މުއިއްޒުގެ ވައުދުފުޅެކެވެ.

