ހުޅުމާލެ ބަހުގެ ހިދުމަތުގައި ހިމެނޭ 4 ރޫޓުތަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބަދަލު ގެނެސްފިއެވެ.
މިކަމާ ގުޅިގެން އެމްޓީސީސީ އިން ބުނެފައިވަނީ މި ބަދަލު ގެނެސްފައިވަނީ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު (ބަގީޗާ ހިނގުން) އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކުރަން ނިންމުމާ ގުޅިގެންނެވެ.
މި ބަދަލު ގެނެސްފައިވަނީ ހަތަރު ރޫޓަކަށެވެ. މި ބަދަލު ގެނެސްފައިވާ ހަތަރު ރޫޓަކީ:
އާރު 2 – މާލެ (ކާނިވަލް) – ހުޅުމާލެ ފޭސް އެެކެއް
އާރު 7- ހުޅުމާލެ ފޭސް ދޭއް – މާލެ (ވެސްޓް ޕާކް)
އާރު 8- ހުޅުމާލެ ފޭސް ދޭއް – މާލެ (ކާނިވަލް)
އާރު 9- ހުޅުމާލެ ފޭސް ދޭއް – ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް
މީގެ އިތުރުން އެމްޓީސީސީ އިން ބުނާ ގޮތުގައި މި ބަދަލުތަކާއި ގުޅޭ މައުލޫމާތު 1650 އަށް ގުޅާލުމުން ލިބޭނެއެވެ.

