މާލޭގައި މީހަކު ގެއަކަށް ވައްދައި، ބަރަހަނާކޮށް ފައިސާ ފޭރިގެންފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ މިމަހުހެ 24 ވަނަ ދުވަހު، މާލޭ ގެއަކަށް މީހަކު ވައްދައި ބަރަހަނާކޮށް ބިރުދައްކައިގެން އެމީހާގެ ކޭޝްކާޑުގެ ޕިން ހޯދުމަށްފަހު، އެކައުންޓުގައިވާ ފައިސާ ފޭރުނު މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މިމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ތުހުމަތު ކުރެވޭ ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައވެ. އެދެމީހުންނަކީ އުމުރުން 26 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެކަކުގެ ބަންދަށް 30 ދުވަސް އަދި ދެވަނަ މީހާގެ ބަންދަށް 60 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

