އެފްސީ ގެމަލޭން އަދި ގެމަލޭންޑް ޓީވީ އިން ކުރިޔަށް ގެންދާ ‘މެދަކަޅިޔާ ވޮލީބޯލް ޗެލެންޖް 2024’ ރޭ ފަށައިފިއެވެ.
ހަމައެކަނި ގެމަނަފުށީގެ ކުޅުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދާ މި މުބާރާތުގައި މުޅި
ޖުމްލަ 8 ޓީމް ބައިވރިވެފައިވެއެވެ.
މި މުބާރާތް 2 ޑިވިޝަން ބަހައިލައިގެން ކުރިޔަށް ގެންދާއިރު، އަންހެން ޑިވިޝަންގެ 4 ޓީމް އަދި ފިރިހެން ޑިވިޝަންގެ 4 ޓީމް ހިމެނެއެވެ.

މުބާރާތުގެ މެޗުތައް ހަވީރު އަދި ރޭގަނޑު ކުޅޭ އިރު، ދުވާލަކު 3 މެޗް ކުޅުމަށް ހަމަޖެހިފައިވާކަމަށް އެފްސީ ގެމަލޭންޑްގެ ރައީސް އަބްދުލް ޤަދީރު (ގައްބެ) ވިދާޅުވިއެވެ. އަދި މެޗުތައް ކުރިޔަށް ދަނީ ގެމަނަފުށީ ވޮލީކޯޓުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮންމެ ޑިވިޝަން އެއްގެ ޗެންޕިއަން ޓީމަށް 10،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5000 ރުފިޔާ ހުށަހަޅާފައި ވާއިރު އަންހެން އަދި ފިރިހެން ޑިވިޝަންގެ މަގާމުތައް ވަކިން ހޮވޮމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ ހުރިހާ މެޗެއް ގެމަލޭންޑް ޓީވީ އިން ލައިވްކުރާކަމަށް ގެމަލޭންޑް ޓީވީގެ ސީއީއޯ އަހުމަދު މުޖުތަބާ ވިދާޅުވިއެވެ.
މީގެ އިތުރުން މުބާރާތުގެ ކޯޑިނޭޓަރ އަހުމަދު ޝަމްރީޒް ވިދާޅުވީ މިފަދަ މުބާރާތަކަށް ކުޅުންތެރިން ބޭނުންވެފަ ތިބިކަމަޝާއި، މިމުބާރާތުން ރަށުގެ ވޮލީއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާކަމަށެވެ.
ގެމަނަފުށި ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއި އެކު ކުރިޔަށްދާ މި މުބާރާތުގެ މިހާތަނަށް 6 މެޗު ކުޅެވިފައިވާއިރު، މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 30 ޖުލައި 2024 ގެ ހަވީރު އަދި ފިރިހެން ޑިވިޝަންގެ ފައިނަލް މެޗް ކުރިޔަށްދާނީ ހަމައެރޭއެވެ.

