އިސްލާމްދީނާއި ގުޅޭ ފޮތްތައް ތަފާތު އެކި ދާއިރާތަކަށް ހިމަނައިގެން ފަސޭހަ ކަމާއެކު ކިޔާލެވޭނެހެން އޮންލައިން ކޮށް ގެނެވޭ ގޮތް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ، ޝަހީމް އަލީ ސައިދު ވިދާޅުވީ އަމާޒަކީ އިސްލާމީ އަދި ތަފާތު ދާއިރާތަކުން ވީހާ ވެސް ގިނަ އަދަދެއްގެ ފޮތްތައް އޮންލައިންކޮށް ލިބޭ ގޮތް ހެދުން ކަމަށާއި، އިލްމުވެރިންނާއި މުޞައްނިފުންގެ ފޮތް ވެސް ހަދިޔާކުރެއްވުން ކަމަށެވެ.
އިސްލާމިކް ވަޤުފް އޮންލައިން ލައިބްރަރީވެސް ވަނީ އިފްތިތާހުކޮށްފައެވެ. މިގޮތުން މި ލައިބްރެރީ އިފްތިތާހު ކުރެވުނީ 26 ޖުލައިގައެވެ. މި ލައިބްރަރީގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޕަބްލިޝްކޮށްފައިވާ ފޮތްތައް ހިމެނޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

