ރ. ދުވާފަރު އާމިނަތު އާޒިފާ އަލީ އާއި ފ. މަގޫދޫ ލުޤްމާނު މުހައްމަދު ދެމެފިރިން ކައިވެނީގެ ގޮތުން ގުޅުނީ މި އަހަރުގެ ފެބްރުއެރީ މަސްތެރޭގައެވެ. އުފާވެރި ދިރިއުޅުމަކަށް އުއްމީދު ކުރަމުން އައި އެ ދެމެފިރިންގެ އުފާވެރި ހަޔާތަށް ކަޅުކަމެއް ވަނީ ގެނުވައިފައެވެ. ކައިވެންޏަށްވީ އެންމެ 4 މަހެވެ. ބަލި އެނދުގައި ލުޤުމާނުގެ އަނބިމީހާ އާޒިފާ އޮންނަން ޖެހިފައިވުމީ ލުޤުމާނަށް ބަރުދާސްތު ކުރަން އުނދަގޫ ހާލަތަކަށް ވަނީ ވެފައެވެ.

ރ. ދުވާފަރު އާމިނަތު އާޒިފާ އަލީ އާއި ފ. މަގޫދޫ ލުގްމާނު މުހައްމަދު
އާޒިފާ ބަލީގެ ހާލަތުން އަރައިގަނެވެން އޮތީ ފަރުވާ އަވަސްކުރެވިގެންނެވެ. ނަމަވެސް ލުޤުގުމާނު ބުނީ އެކަމުން އަރައިގަނެވޭނެ ގޮތެއް ނޭނގޭ ކަމަށެވެ. ފުރަތަމަ ދެއްކީ އުނގޫފާރު ހޮސްޕިޓަލަށް ކަމަށާއި، ޑޮކްޓަރުން ލަފާ ދެއްވާފައިވަނީ އާޒިފާގެ ހާލު ވަރަށްވެސް ބޮޑަށް ދަށަށްގޮސްފަ ކަމަށެވެ. ކިޑްނީ މަސައްކަތް ކުރަނީ 10 އިންސައްތައްތަގައި ކަމަށެވެ. އެހެންކަމުން މިހާރު އާޒިފާ ގޮވައިގެން ހުރީ މާލޭގައި ކަމަށެވެ. އައިޖީއެމްއެޗް ހޮސްޕިޓަލުގެ އީއާރުގައި މިހާރު އެޑްމިޓް ކޮށްފައިއޮތް އާޒިފާގެ ބައްޔަށް ފަރުވާހޯދުމަށް އާސަންދަ ލެޓާއަކަށް އެދުނީމަ ހޮސްޕިޓަލުން ލެޓާރ އެއް ދޫނުކުރި ކަމަށް ލުގުމާނު ބުންޏެވެ.
"މާލޭގައި ތިބުމުގައި ވަރަށް ބޮޑު ޙަރަދެއް ހޭދަވޭ. މާލޭގަ އުޅޭތާ އެއްމަސް ވެއްޖެ. މިހާރު ބޭނުންވަނީ ރާއްޖެއިން ބޭރަށް ދާން އެކަމަކު ދެވޭނެހާ ފެންވަރެއްނެތް. މާލޭގަވެސް މިއުޅެނީ ވަރަށް ހާލުގަ. ޑޮކްޓަރުން ބުނަނީ އަންހެނުންގެ ބައްޔަކީ ކިޑްނީ މައްސަލަކަމަށް އެކަމަކުވާނުވާއެއް ނޭނގޭ. " ލުގުމާން ބުންޏެވެ.
އަނބިމީހާގެ ހާލަށް ކެތްނުވާހާލު މާލޭގައި އަނބިމީހާ ބަލަން ހުންނަން ޖެހުމުން އާމްދަނީ އެއްވެސް ލުޤުމާނަށް ލިބޭނެ ގޮތެއް ނެތް ކަމަށާއި، މާލޭގައި ތިބުމުގައިވެސް ބޮޑު ހޭދައެއް އަތުންދާ ކަމަށް ލުޤުމާން ބުންޏެވެ. ލުޤުމާނަކީ ފަރުމަސް ވެރިކަން ކޮށްގެން އާމްދަނީ ހޯދަމުންދިޔަ މީހަކަށްވެފައި އާޒިފާގެ ބަލީގައި ފަރުވާއަށް މާލެ އައި ގޮތަށް ވާގޮތެއްނޭނގި ހުންނަން ޖެހުން އެދެމެފިރިންތިބީ ހަނދާނެ ގޮތް ހުސްވެފައެވެ. އަތްމަތި ހުސްވެ ދެންވާނެ ގޮތެއް ނޭނގިފައެވެ.

އުނގޫފާރު ހޮސްޕިޓަލުން ދީފައިއޮތް އަޒިފާގެ ބަލީގެ ހާލަތު އަންގައިދޭ ލިއުން
ކިޑްނީ ބަލީގައި އާޒިފާ މިހާރު އޮތީ ވާނުވާ ނޭނގޭ ހާލަތުގައެވެ. އައިޖީއެމްގައި އެޑްމިޓް ކޮށްފައި އޮތް އާޒިފާގެ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ދަށަށެވެ. މީހާ ފުއްޕާ ސިފަ ނޭނގޭހާ ވަރަށް ދަނީ ބޮޑުވަމުންނެވެ. ލުގުމާނު ބުނީ ބޭނުންވަނީ އާންމުންގެ އެހީތެރިކަމެއް ކަމަށެވެ. އަވަހަށް އޭނާގެ އަންހެނުންނަށް ފަރުވާ ހޯދޭނެ ގޮތެއް ކަމަށެވެ. ފަރުވާ އަށް އިންޑިއާއަށްދާން ބޭނުންވާ ކަމަށާއި، މިކަމުގައި އޮތީ ދީލަތި ފަރާތްތަކުގެ އެހީގެ އަތެއް ކަމަށް ކަމަށް ލުގުމާނު ބުންޏެވެ. އެހީތެރިކަމެއް ދިނުމަކީ އެދެމެފިރިން މިވަގުތު އެދޭއެދުމެއް ކަމަށްވެސް ލުގުމާން ބުންޏެވެ.
ގުޅޭނެ ނަންބަރުތައް: 7998048 ލުޤްމާނު މުހައްމަދު (އާޒިފާގެ ފިރިމީހާ)
އެކައުންޓް ނަމްބަރު 7730000221980 ބީއެމްއެލް ދިވެހި
އެކައުންޓް ނަމްބަރު. 7730000361526 ބީއެމްއެލް ޑޮލަރު
ނޯޓު: ހުވަދޫ އެހީގެ ދަށުން ލިޔެފައިވާ އާޓިކަލްތަކުގައި ވާ ފަރާތްތަކަށް އެހީވުމުގެ ކަންކަން އެ ފަރަތާއި ގުޅައިގެން ކުރިއަށް ގެންދިއުން އެދެމެވެ.

