ކުރީގެ ޗީފް ޓެކްނޮލޮޖީ އޮޮފިސަރު (ސީޓީއޯ) ހާމިދު ޝަފީއު ނިޔާވެއްޖެ އެވެ.
އެނގިފައިވާގޮތުގައި ހާމިދު ނިޔާވެފައިވަނީ މިއަދު އިންޑިޔާގައެވެ.
ހާމީދު އަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖް އޮފް ލަންޑަންގައި ކޮމްޕިއުޓާ ސައިންސްގެ ރޮނގުން ބެޗެލާސް އޮފް ސައިންސް (އޮނާސް) ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ހާމިދު އަކީ 1998 އާއި 2007 އާދެމެދު ރައީސް އޮފީހުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓުގައި މެނޭޖާ ޓެކްނިކަލް ސަވިސަސް ޔުނިޓް އަދި ޗީފް ނެޓްވާކް އެޑްމިނިސްޓްރޭޓާއެއްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ހާމިދު ރައީސް އޮފީހުގެ ސީޓީއޯގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ ސަރުކާރުންނެވެ.

