ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ޙާމިދު ޝަފީއު ނިޔާވުމާ ގުޅިގެން ރައީސް ޑރ މުއިއްޒުގެ ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ތައުޒިއްޔާ ވިދާޅުވެފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ވިދާޅުވެފައި ރައީސް ވިދާޅުވެފައިވަނީ އަލްމަރުޙޫމް ޙާމިދު ޝަފީޢަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދެ ފަހަރެއްގެ މަތީން ވަޒީފާ އަދާކުރައްވާފައިވާ ޚިދުމަތްތެރި ބޭފުޅެއް ކަމަށެވެ.
އޭގެ އިތުރުން މަރުހޫމު ހާމިދުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށާއި މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރެއް ވުމަށް ރައީސް ގެ ޕޯސްޓުގައި ވަނީ ދުއާ ކުރައްވާފައެވެ.
ހާމިދު އަކީ އަކީ 1998 އާއި 2007 އާދެމެދު ރައިސް އޮފީހުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓުގައި މެނޭޖާ ޓެކްނިކަލް ސާވިސަސް ޔުނިޓް އަދި ޗީފް ނެޓްވާކް އެޑްމިނިސްޓްރޭޓާއެއްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ހާމިދު ރައީސް އޮފީހުގެ ސީޓީއޯގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ ސަރުކާރުންނެވެ.

