ހުޅުމާލެ 3 ބުރީގެ އިމާރާތެއް ބަލައި ފާސްކޮށް 22 ބިދޭސީން އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، ހިއްސާކޮށްފައިވާ މައުލޫމާތަކާ ގުޅިގެން ރޭ ހުޅުމާލެއިން 3 ބުރީގެ އިމާރާތެއް ބަލައި ފާސްކޮށްފައިވާ ކަަމަށެވެ.
އަދި މިތަނުގައި ކާބޯތަކެތީގެ ވިޔަފާރިކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ 22 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އިމިގްރޭޝަނުން ބުނީ އެ ތަނަކީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ ފިރިހެނަކާއި ގުޅުން އޮތް ތަނެެއްކަމަށެވެ.
“ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، ހިއްސާކޮށްފައިވާ މައުލޫމާތާ ގުޅިގެން ރޭ ވަނީ ހުޅުމާލެއިން 3ބުރީގެ އިމާރާތެއް ބަލައި ފާސްކޮށްފައި. މިތަނުގައި ކާބޯތަކެތީގެ ވިޔަފާރިކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ 22 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައި.” އިމިގްރޭޝަނުން އެކްސް.ކޮމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
އަދި މި މައްސަލަ އިމިގްރޭޝަނުން މިހާރު ތަހުގީގު ވަނީ ފަށައިފައެވެ.
މިއީ މިހާތަނަށް ހުޅުމާލޭގައި ހިންގުނު އެންމެ ބޮޑު އެއް އޮޕަރޭޝަން ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

