ފިންލޭންޑް އިންޓަނޭޝަނަލް ސުކޫލަށް ވައްކަންކުރަން ވަން ބަޔަކު ހުއްޓުވަން އެތާގައި ހުރި ފުލުހަކު މަސައްކަތް ކުރުމުން އެފުލުސް މީހާއަށް ހަމަލާދީފައި އެމީހުން ފިލައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފިންލޭންޑް އިންޓަނޭޝަނަލް ސުކޫލަށް ވައްކަންކުރަން ކުރަން މީހުން ވަދެފައިވަނީ މި މަހު 28 ވަނަ ދުވަހު ކަމަށެވެ.
މިހާރު އެތަނުން އެކަކު މި މަހު 29 ވަނަ ދުވަހު ހައްޔަރު ކުރެވިފައިވާ ކަމަށާއި، އޭނާ ބަންދަށް މިހާރު މުއްދަތު ޖަހާފައިވާ ކަމަށެވެ.
އެމީހާ ބަންދު ކުރެވިފައިވަނީ 15 ދުވަހަށް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ފިންލޭންޑް ސުކޫލަށް ވަން މީހުން ނަގާފައިވާ ތަކެތީގެ ތެރެއިން 3 ލެޕްޓޮޕް މިހާރު ހޯދިފައިވާ ކަމަށާއި، އެ މައްސަލަ މިހާރު ގެންދަނީ ތަހުގީގް ކުރަމުން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

