އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ތިން މިހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގއ. ކަނޑުހުޅުދޫ އާޒާދުގެ ޖިނާހު އިސްމާއިލް، ކ. މާލެ މ. ލޭންޑްއިފްގާޑެން އިބްރާހީމް އިކްރާމް އަދި ކ. މާލެ ހ. ނޫރަންމާގެއާގެ އިކްރާމުއްްރަހްމާން އެވެ.
ވިނަރެސް ފްލެޓް ކައިރީ ކާރަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގީ އިއްޔެގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ސައިކަލް ދުއްވި މީހާ އަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި މީހަކު ސައިކަލް މަޑުކޮށްގެން ހުއްޓާ ފަހަތުން ކޮންޓްރޯލް ނުވެގެން އައި ރޭސް ކާރެއް ސައިކަލުގައި ޖެހުނު ގޮތަށް ސައިކަލުގައި އިން މީހާ ކާރުގެ މަތިން ގޮސް ވެއްޓުނުތަން ފެނެއެވެ.
މާލެ ސަހަހައްދުގައި މިފަދަ ގިނަ އެކްސިޑެޏްޓްތައް ހިނގައެވެ. އެކްސިޑެންޓްތައް މަދުކުރުމަށްޓަކާ ދުއްވުމުގައި ރައްކާތެރިވުމަށް ފުލުހުން އަބަދުވެސް އިލްތިމާސް ކުރެއެވެ.

