ގައުމީ އެއާލައިން، މޯލްޑިވިއަންއިން ޑޮމެސްޓިކް ފަސިންޖަރުންނަށް ޓިކެޓާއެކު ލައުންޖް އެކްސެސް ބުކް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
ޓިކެޓާއެކު ލައުންޖް އެކްސެސް ބުކް ކުރެވޭނެ ހިދުމަތް ތައާރަފު ކޮށްފައި ވަނީ އެތެރޭގެ އުދުހުންތަކުގެ ޓިކެޓުތަކުގެ ތެރެއިން "އެޑްއޮން" އެއްގެ ގޮތުގައި ކަން ފާހަގަކުރުމާއެކު މޯލްޑިވިއަންއިން ބުނީ ދަތުރުކުރައްވާ ފަރާތްތަކުން އެއާލައިންގެ ކޯލް ސެންޓަރާއި ޓިކެޓިން އޮފީހާއި ވައިބާ އަދި ސޭލްސް އެޖެންޓުން މެދުވެރިކޮށް ލައުންޖް އެކްސެސް ބުކް ކުރެވޭނެ ކަމަށެވެ.
ފުރުމުގެ ހަތަރު ގަޑިއިރު ކުރިން ލައުންޖް އެކްސެސް ބުކް ކުރެވޭނެ ކަމަށް ވެސް މޯލްޑިވިއަނުން ބުނެފައިވެއެވެ.
މިއީ ވިޔަފާރިއަށް ނުވަތަ އަމިއްލަ ދަތުރުތަކުގައި ދަތުރު ކުރާއިރު ފަސިންޖަރުން ޗެކިންއަށްފަހު ފްލައިޓް ފުރާ ގަޑިއާ ދެމެދު އެ ހޭދަ ކުރާ ވަގުތަކީ ހިތްހަމަޖެހޭ އަދި ހިތްފަސޭހަ ވަގުތެއް އަދި މާހައުލެއް ހޯދައިދިނުމުގެ މަގުސަދުގައި ތައާރަފްކޮށްފައިވާ ހިދުމަތެއް ކަމަށްވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.
މޯލްޑިވިއަންގެ ލައުންޖުތައް
- މޫނިމާ ލައުންޖް: ޑޮމެސްޓިކް ޓާމިނަލް / ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު
- ކަޝިމާ ލައުންޖް: ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓު
- ކާނީ ލައުންޖް: އިފުރު ޑޮމެސްޓިކް އެއާޕޯޓު
މޯލްޑިވިއަންގެ ލައުންޖުތަކުން ކޮމްޕްލިމެންޓަރީ ވައިފައި، ތަފާތު ކާބޯތަކެތީގެ އޮޕްޝަންތަކާއި، ތާޒާ ބުއިންތަކާއި، އަރާމުކޮށް އިށީނދެ ތިބެވޭނެ ގޮތްތައް ހިޔާރުކުރުމަށް އޮޕްޝަންތައް ލިބެން ހުންނާނެއެވެ.
ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް މަންޒިލްތަކަށް ދަތުރުތައް ކުރާ ހަމައެކަނި އެއާލައިން އަކީ "މޯލްޑިވިއަން" އެވެ.

