މަގުބައްތި އިސްލާހުކުރުމަށް ޔޫޓިލިޓީ ރެގުއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އިން ދިން މުއްދަތު އިތުރުކޮށްފި ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ބުނެފިއެވެ.
އެ ކޯޕަރޭޝަން އިން މިކަމާ ގުޅިގެން ބުނެފައިވަނީ ރަށްރަށުގެ ކަރަންޓުގެ ހިދުމަތްތައް ހަރުދަނާ ކުރުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެތެރެއިން ފެނަކައިން ވަނީ މަގުބައްތިތައް ހަރުކުރުމުގައި ޔޫއާރުއޭ އިން ކަނޑައަޅާފައިވާ ހާއްސަ މިންގަނޑަށް މަގުބައްތިތައް އިސްލާހުކުރުމަށް ރަށްރަށުގެ ކައުންސިލަށް އަންގާފައިވާ ކަމަށާއި މީގެ ކުރިން އެ މިންގަނޑަށް ފެތޭ ގޮތަށް މަގުބައްތިތަށް އިސްލާހުކުރުމަށް ވަކި މުއްދަތެއް ކަނޑައަޅައި ކައުންސިލްތަކަށް އަންގާފައިވާ ކަމަށެވެ.
އަދި އޭގެ އިތުރުން އެ މުއްދަތު ތެރޭގައި އެކަން އިސްލާހު ނުކޮށްފިނަަމަ އެ ރަށެއްގެ މަގުބައްތިތަކުން ކަރަންޓު ކަނޑާލުމަށް ނިންމާފައިވާކަން ކައުންސިލްތަކަށް އަންގާފައިވާކަމަށާއި އެންމެ ފުރަތަމަަ އެ މަސައްކަތް ކުރުަމަށް މުއްދަތު ދިނީ 9 ޖޫންގައި ނަަމވެސް ބައެއް ކައުންސިލްތަކުގެ އެދުމުގެ މަތިން 3 ޖުލައި ގައި ހަަމައަށް 1 މަސްދުވަހުގެ މުއްދަތެއް ފެނަކައިން ވަނީ ދިފަ އެވެ.
މީގެ އިތުރުން މިއަދާ ހަމައަށް އެ މުއްދަތު ހަމަވުމުމާއެކު އެ ކުންފުނިން ވަނީ އަނެއްކާވެސް 21 ދުވަހަށް މަގުބައްތިތަށް އިސްލާހުކުރަން މުއްދަތު އިތުރުކުރުމަށް ނިންމާފައެވެ.
އެގޮތުން މި މުއްދަތު ހަމަވަނީ މިމަހުގެ 21 އަށް ކަމަށާއި މި މުއްދަތުގެ ތެރޭގައި ރަށު ކައުންސިލްތަކަށް އެ ކޯޕޮރޭޝަންއާއި ގުޅިގެން އެ މަސައްކަތް ކުރުމުގެ ފުރުސަތު ޖުލައި 7 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށް ފެނަކައިން ބުނެއެވެ.
މި މުއްދަތުގެ ތެރޭގައި މަގުބައްތިތައް ޔޫއާރުއޭ އިން ކަނޑައަޅާފައިވާ މިންގަނޑު އެ ފަދައިން އިސްލާހުނުކޮށްފިނަމަ އެ ރަށެއްގެ މަގު ބައްތިތަކުން ކަރަންޓު ކަނޑާލެވޭނެ ކަަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މިކަމާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު ވިދާޅުވީ ރަށްރަށުގެ ސްޓްރީޓް ލައިޓްތަކާއި އިޖްތިމާއީ ދިއްލުންތައް ދިއްލުމަށްޓަކައި ބޭނުންކުރާ ތަންތަނަކީ ކައުންސިލްތަކުން ގާނޫނީ ގޮތުން ބަލަހައްޓަން ޖެހޭ ތަންތަން ކަަމަށެވެ.

