އައިލެންޑް އޭވިއޭޝަނުން މުޅިން އަލަށް ރާއްޖެ ގެންނަން ހަމަޖެހިފައިވާ A330-200 މަރުކާގެ މަތިންދާ ބޯޓަށް ޕައިލެޓުން ހޯދަން އެ ކުންފުނިން އިއުލާން ކޮށްފިއެެވެ.
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ހިންގަމުންދާ މޯލްޑިވިއަންއަށް އޭ330-200 ގެ އެއާބަސްއެއް ގެންނަން ޓްރޫނޯޑްއާއެކު އެއްބަސްވުމެއްގައި ސޮއި ކުރީ މީގެ ފަސް ދުވަސް ކުރިންނެވެ. މިއީ ދުރު މަންޒިލްތަކަށް ދަތުރު ފަށަން ގެންނަ ބޯޓެކެވެ.
އެ ބޯޓަށް ކެޕްޓަނުންނާއި ފަސްޓް އޮފިސަރުން ހޯދަންއައިލެންޑް އޭވިއޭޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން އޮގަސްޓް ހަތް ވަނަ ދުވަހުގެ ނިޔަލަށް އެ މަގާމުތަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައި ވާ ކަމަށެވެ.
މޯލްޑިވިއަން އިން ގެންނަން އެއްބަސް ވެފައިވާ 264 ގޮނޑީގެ މަތިންދާބޯޓުގެ ގޮނޑިތައް ބަހާލެވިފައިވަނީ ބިޒްނަސް އަށް 18 ގޮނޑި އާއި ފްރިމިއަކް އެކޮނަމީއަށް 36 ގޮނޑިއާއި އިކޮނޮމީ ކުލާހުގައި 210 ގޮނޑި ހިމެނޭހެން ތިން ކެޓެގަރީއަކަށެވެ.
މޯލްޑިވިއަން އިން ބުނީ އެއާބަސް ގެނައުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމާއެކު ހަތަރު ވަނަ ކުއާޓަރުގައި އޮޕަރޭޝަން ފެށިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
https://twitter.com/MaldivianAero/status/1818592573990256709އެންމެ ފުރަތަމަ ދަތުރުތައް ޗައިނާއަށް ފަށާ މި މަތިންދާބޯޓު މުސްތަގުބަލުގައި ޔޫރަޕާއި ދެކުނު އެފްރިކާއަށްވެސް ދަތުރު ފަށާނެކަމަށްވެއެވެ.
މޯލްޑިވިއަނަށް ބޮޑެތި މަތިންދާ ބޯޓުތަކެއް ގެންނަން މި އަހަރުގެ ތެރޭގައި ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މި އަހަރުގެ ފެބްރުއަރީ މަސް ތެރޭގައެވެ.

