މާލޭގައި މިފަހުން މާރާމާރީ ހިންގި މައްސަލައާއި ގުޅިގެން 6 ބިދޭސީއަކު ޑީޕޯޓުކުރަން މޯލްޑިވްސް އިމިގްރޭޝަން އިން ނިންމައިފިއެވެ.
މިކަން ހާމަކޮށް އިމިގްރޭޝަން އިން އެކްސްގައި ޕޯސްޓެއް ކޮށްފައިވެއެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ މާލޭގައި ހިނގި މާރާމާރީ އަކާއި ގުޅިގެން ޕޮލިހުން 6 ބިދޭސީއަކު އިމިގްރޭޝަން އާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ވުމާއެކު އަދި އިމިގްރޭޝަން ޤާނޫނުގެ ދަށުން މި ހުރިހާ ބިދޭސީންގެ ވިސާ ބާތިލުކޮށް، ޑީޕޯޓުކުރުމަށް ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މި މައްސަލައިގައި ފުލުހުން އިމިގްރޭޝަން އާއި ހަވާލުކޮށްފައިވާ ހަ ބިދޭސީން ގެ ފޮޓޯ އާންމު ކޮށްފައިވެއެވެ.
މި ހަ މީހުންނަކީ އުމުރުން 26 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ދެ ފިރިހެނުންނާއި 38 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ ފިރިހެނެކެވެ.
ރާއްޖޭގައި ގަވާއިދާއި ހިލާފުވާ ބިދޭސީއިން ޑީޕޯޓުކުރުމުގެ މަސައްކަތް މިދުވަސްވަރު އިމިގްރޭޝަނުުން ވަރަށް ހާއްސަ އިސްކަމެއްދޭ މަސައްކަތެއްގެ ގޮތުގައި ކުރަމުން އަންނަ އިރު ދެން އިތުރަށް ފާހަގަކޮށްލެވޭ ކަމަކީ މި ސަރުކާރުގައި މިދިޔަ އަށް މަސް ތެރޭގައި 2،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައިވާކަމެވެ.

