މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގަމުންދާތީ، ފުލުހެއްގެ ސައިކަލެއް ރޯކޮށްލައިފިއެވެ.
މި މައްސަލައިގައި ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ނ.ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް އޮގަސްޓު 1 ވަނަ ދުވަހު ގެއްލުންދީ އަދި އިތުރު ފުލުހެއްގެ ސައިކަލުގައި ރޭ ދަންވަރު ވަނީ ރޯކޮށްލާފައި ކަމަށެވެ.
އަދި އޭގެ އިތުރަށް ޝިފާން ވިދާޅުވީ ނޫނު އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާއި ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
މީގެ އިތުރުން ޝިފާން މިފަދަ ފިނޑި އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަން މިފަދަ ވިސްނުމުގައި އަމަލުކުރަމުންދާ ފަރާތްތަކަށް ހަނދާންކޮށްދޭ ކަމަށެވެ.

