ފަލަސްތީނަށްޓަކައި ދިވެހިންގެ ހަރަކަތްތަކުގެ ތެރެއިން އިސްރާ އެސޯސިއޭޝަނުން މާލެސިޓީގައި އިއްޔެ ކުރިއަށް ގެންދިޔަ ފަންޑްރައިޒިންގ ހަރަކާތުން މުޅިޖުމްލަ 66،973.2 ރުފިޔާ ހޯދައިފިއެވެ.
އިޒްރޭކު ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމުތަކާ ދެކޮޅު ހެދުމުގެ ގޮތުން ބާއްވާ އިސްރާ އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން އިއްޔެ ކުރިއަށް ގެންދިޔަ ފަންޑްރައިޒިން އިވެންޓް ފޮށިތައް ބަހައްޓާފައި ހުރީ މާލޭގެ ހުކުރު ކުރާ ބައެއް މިސްކިތްތަކުގެ ބޭރުގައެވެ.
އިއްޔެގެ މިފަންޑްރައިޒިން ހަރަކާތުން ލިބުނު ފައިސާގެ ތަފްސީލަށް ބަލާލާއިރު:
- އެކައުންޓަށް ޖަމާވި ދިވެހި ރުފިޔާ 10,820.61
- ފޮށިތަކުން ޖަމާވި ދިވެހި ރުފިޔާ 54,048.75 (ޖުމްލަ ދިވެހި ރުފިޔާ 64,869.36)
- އެމެރިކާޑޮލަރު 107.00 (ދިވެހި ރުފިޔާ: 1649.94)
- ޔޫރޯ 20.00 (ދިވެހި ރުފިޔާ: 335.4)
- ުޔޫއޭއައި ދިނާރު 15.00 (ދިވެހި ރުފިޔާ: 62.7)
- މެލޭޝިޔާ ރިންގިޓް 14.00 (ދިވެހި ރުފިޔާ: 47.8)
- އިންޑިއަން ރުޕީސް 10.00 (ދިވެހި ރުފިޔާ: 8)
- މުޅިއެކު ޖުމުލަ އަދަދަކީ 66،973.2 ރުފިޔާ
ެ
ފަލަސްތީނުގެ ހާލަތަށް އެހީތެރިވުމަށް ފޯރުކޮށްދިނުމުގައި މެދުނުކެނޑި އިސްރާއެސޯސިއޭޝަނުން ކުރަމުންދާ މިހިތްވަރަށް ހަމަ އަައްސަރިބަހާއި ސާބަސް ދެމެވެ. މި އެސޯސިއޭޝަނުން މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި ބާއްވަން ނިންމާފައިވާ ހާއްސަ އިވެންޓަކީވެސް ފަލަސްތީނުގެ ހައްގުގައި އަނިޔާވެރިކަމަށް 300 ދުވަސް ވުމުގެ ހިތްދަތިކަމާއެކު ފަލަސްތީނަށްޓަކައި ކުރިއަށް ގެންދާ ހަރަކާތެކެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމަށް 300 ދުވަސްވެފައިވާއިރު، މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް އައިއިރު ފަލަސްތީނުގެ ޣައްޒާ އިން ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 40،000 އާ ގާތްކޮށްފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވެސް ލައްކައަކާ ވަނީ ގާތްކޮށްފައެވެ. މި ހަމަލާތަކުގެ ޝިކާރައަކަށް ގިނަ އިން ވެފައިވަނީ ކުޑަކުދިންނާއި އަންހެނުންނެވެ.
ހަނގުރާމައިގެ ސަބަބުން ޣައްޒާގެ %85 މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، އެތައް ބަޔަކު ތިބީ ބަނޑުހައި ހޫނު ކަމުގެތެރޭގައެވެ. ބައިނަލްއަގުމާވީ ދުނިޔެއިން ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށް ދޭން ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް އިސްރާއީލުން އަންނަނީ ހުރަސް އަޅަމުންނެވެ.
ފަލަސްތީނުގެ ދިފާއުގައި މީގެކުރިން ވެސް މާލޭގައި ވަނީ އެއްވުންތަކެއް ބާއްވައިފައެވެ.

