އައްޑޫ ސިޓީ ހިތަދޫގެ ފެން ހިންދާ ނިޒާމު ގާއިމު ކުރިމަށް މަގު ކޮނެފައިވާ ހިސާބުން ދުއްވަމުންދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކަށް އެކި ވަރުގެ އަނިޔާ ވެއްޖެއެވެ.
އެ ހާދިސާ ހިނގީ ރޭ 23:49 އެހާކަށްހާއިރުއެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ކިޔައިދެމުން ފުލުހުން ބުނީ އައްޑޫ ސިޓީ ގައި ފެންހިންދާ ނިޒާމު ގާއިމް ކުރުމަށް މަގު ކޮނެފައިވާ ހިސާބުން ރޭ ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ ވެލި ފުންނަކަށް އަރައި ދިމާވި ހާދިސާއެއް ކަމަށެވެ.
އެ ހާދިސާގައި ސައިލަ ދުއްވީ 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ އަށް އަނިޔާވެގެން އަނިޔާވެގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުލިގެން ބަކަންޖެހޭ ކަންކަންބަލަމުންދާ ކަމަށެވެ.

