އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެ ޕާޓީން އިންތިހާބު ކޮށްފިއެވެ.
އާޒިމް މި އިންތިހާބު ކޮށްފައިވަނީ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ފަލާހާއި ވާދަކޮށް 600 އަށްވުރެ ގިނަ ވޯޓްގެ ކުރި ހޯދައިގެންނެވެ.
ޖުމްލަ އާޒިމަށް ލިބިފައިވަނީ 617 ވޯޓެވެ. އެ އިންތިހާބުގައި ފަލާހަށް ލިބުނީ ފަލާހަށް ލިބިފައިވަނީ 255 ވޯޓެވެ.
އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ބޮޑުޕާޓިއެވެ. ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ ބައެއް ބައި-އިލެކްޝަންތަކުގައި، އިދިކޮޅު އެމްޑީޕީއަށް ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހިފައެވެ.
ފަހުން ބޭއްވި އިންތިހާބުތަކުގެ ތެރެއިން އެމްޑީޕީއަށް ހަމައެކަނި ލިވބިފައިވާ ކާމިޔާބީ އަކީ މާލެ މޭޔަރު ގޮޑިއެވެ.

