ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުންދާ ރ. ދުވާރު ޛަކްވާން އާމިރަށް ފަރުވާ ހޯދުމަށް ޛަކްވާންގެ އާއިލާއިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ޛަކްވާންގެ ބައްޕަ ބުނީ ކުއްޖާއަށް ފަރުވާ ހޯދުމަށް ކޮންމެ 3 މަހަކުން އިންޑިއާއަށްދާން ދާން ޖެހޭ ކަމަށެވެ. ނަމަވެސް އެހާ ކައިރިކަިއރީގައި ނުދެވޭނެތީ ހަމަހުން ހަމަހުން ދާ ގޮތަށް ޑޮކްޓަރާ ވާހަކަ ދައްކައިގެން ހެދީކަމަށް އާމިރު ބުންޏެވެ.
ރ. ކަނދޮޅުދޫ/ ގުމްރީގެ އިބްރާހީމް އާމިރާއި ހއ. މުރައިދޫ / ފެހިވިނަ ޝާމާ އަލީ އާއި، ދެމީހުންގެ ކައިވެންޏަށްވީ 5 އަހަރެވެ. އާމިރު ގެ ދެމެފިރިންގެ ކައިވެންޏަށް ލިބުނީ 2 ދަރިންވެ. ފުރަތަމަ ދަރިފުޅު ޛަކުވާން ބައްޔަށް ހުށައެޅުނީ ކުއްޖާގެ މަންމަ ޝާމާ އަކީ ތެލެސީމީއާ ކެރިއަރަކަށްވެފަ އޭގެ ސަބަބުން ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށް އާމިރު ބުންޏެވެ.
ކުއްޖާ ބައްޔަށް ހުށަހެޅިފައިވާކަމަށް ޑޮކްޓަރުން ވިދާޅުވުމުން އޭރު ޛަކުވާންގެ ފަރުވާ އަވަސްކުރެވުނު ކަމަށް ވެސް އާމިރު ބުންޏެވެ. މިކަން ހިނގީ ދެވަނައަށް ލިބުނު ކުއްޖާ ވިހައިގެން ހަވަނައަށްވީ މަހުގައި ކަމަށް ވެސް އާމިރު ބުންޏެވެ.
ފަހުން ލިބުނު ދަރިފުޅު އުމުރުން 6 މަހުގައި ނިޔާވީ ހުން ގަދައަށް އަންނާތީ އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުންދަނިކޮށް އައިސީޔޫގައި ކަމަށާއި، އެކުއްޖާ ވަނީ ލޯ ކުރިމަތީގަ ހިތްދަތި ވޭނުގައި ނިޔާވެފައި ކަމަށް ވެސް އާމިރު ބުންޏެވެ.
" ޛަކުވާން ތަހައްމަލު ކުރާ ބަލި ދެވަނަ ކުއްޖާއަށްވެސް ދިމާވީ ޑޮކްޓަރުން ބުނީ. އެކުއްޖާ މަރުވީ އެބަލިގަ ބޭނުންވަނީ ޛަކުވާން އަށް ފަރުވާ އަވަސްކުރެވޭނެ ގޮތެއް. " އާމިރު
އުމުރުން 3 އަހަރުގެ ޛަކްވާން ބައްޔަށް ފަރުވާ ހޯދުމަށް މިހާރުވެސް ތިން ފަހަރުމަތިން އެ އާއިލާއިން ވަނީ އިންޑިއާއަށް ގޮސްފައެވެ. އެންމެފަހުން ދިޔައީ މީގެ ހަމަސް ކުރިންނެވެ. ކުއްޖާގެ ހާލަތު ގޯސްވާނަމަ އަނބުރާ އިންޑިއާއަށް ދިއުމަށް ޑޮކްޓަރުން ބުނި ކަމަށްވެސް އާއިލާއިން ބުނެފައި ވެއެވެ. ނަމަވެސް މާލީ ހާލަތު އެވަރަށް ތަންނުދޭތީ ޛަކްވާންގެ މައިންބަފައިންނަށް ވަނީ ކުއްޖާގެ ފަރުވާއަށް ފުރޭނެ ގޮތް ނުވެފައެވެ.
ޛަކުވާންއަށް ދިމާވަމުންދަނީ ލޭގައި މާއްދާއެއް ދަށަވެ ޖަރާސީމުތަކެއް އިތުރުވާ މައްސަލައެކެވެ. އެހެންކަމުން ޛަކްވާންއަށް އުމުރަށް ބޭސް ބޭނުން ކުރަންޖެހިފައިވާ ކަމަށް އާމިރު ބުންޏެވެ.

ޛަކުވާންގެ ބަލީގެ ހާލަތު އަންގައިދޭ ލިއުމެއް
އާމިރު ބުނީ ލިބޭ އާމްދަނިން ކުއްޖާ ގޮވައިގެން ފަރުވާ އަށް އިންޑިއަށް ދެވޭނެ ފެންވަރެއް މިހާރު އަމިއްލައަށް ނެތް ކަމަށެވެ. މީގެ ކުރިން އާސަންދަ ލިބިގެން އިންޑިއާއަށް ދިޔަ ނަމަވެސް މިފަހަރު އަދި އާސަންދަ ހޯދަން މަސައްކަތް ނުކުރެވޭ ކަމަށެވެ. ސަބަބަކީ މާލެ އައިސް ވެސް ތިބެން ޖެހުމާއި އާސަންދަ ހޯދުމަށް ހޭދަވާ މުއްދަތުގައިވެސް މާލޭގައި ތިބުމުގައި ބޮޑު ހޭދައެއް އަތުން ދާތީ ކަމަށެވެ.
ޛަކުވާން ގޮވައިގެން މި މަހު 15 އަށް ފުރަން ޖެހިފައިވާ ކަމަށާއި، ބޭސްވެސް ހުސްވެ އަލުން ދައްކަން ޖެހިފައިވާ މުއްދަތަށް ކައިރިވަމުންދާތީ މިހާރު މަސައްކަތް ކުރަނީ ފުރޭ ގޮތް ހޯދުމަށް ކަމަށެވެ.
ކުއްޖާގެ ފުރާނަ ސަލާމަތް ކުރަން ކިތަންމެހާވެސް ބޭނުން ކަމަށާއި، ދެވަނަ ބޭބީ ނިޔާވި ގޮތަށް ޛަކުވާން އަށްވެސް ވެދާނެތީ ކަންބޮޑުވާ ކަމަށް އާމިރު ބުންޏެވެ.
މި ވަގުތު ބޭނުންވަނީ ތިއިން ކޮންމެ ފަރާތެއްގެ ދީލަތި އެހީތެރިކަމެއް ކަމަށްވެސް އާމިރު ބުންނެވެ.
ގުޅޭނެ ނަންބަރުތައް: 9386548 އިބްރާހީމް އާމިރު (ޛަކްވާންގެ ބައްޕަ)
އެކައުންޓް ނަމްބަރު 7730000213771 އެކައުންޓް ނަން: (އިބްރާހީމް އާމިރު) ބީއެމްއެލް ދިވެހި
ނޯޓު: ހުވަދޫ އެހީގެ ދަށުން ލިޔެފައިވާ އާޓިކަލްތަކުގައި ވާ ފަރާތްތަކަށް އެހީވުމުގެ ކަންކަން އެ ފަރަތާއި ގުޅައިގެން ކުރިއަށް ގެންދިއުން އެދެމެވެ.

