ކުރިއަށް އޮތް ދެ މަސްތެރޭގަ ދުނިޔޭގެ ބާޒާރުތަކާއެކު މިނިވަން ވިޔަފާރި ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ސައިދު ވިދާޅުވެއްޖެއެވެ.
މނިސްޓަރު މިހެން ވިދާޅުވީ 5 ވަނަ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސައިދު ފާހަގަކުރެއްވީ މިފަދަ ދާއިރާއަކަށް ވަންނަ އިރު މީގެ މަންފާ ދިވެހިންނަށް ވަރަށް ބޮޑަށް ފޯރާނެ ކަމަށެވެ. އެހެންކަމުން މާކެޓް ހޯދުމުގައިވެސް އެކަންކަން ވަރަށް ރަނގަޅަށް ބަލާކަމަށާއި، ދިވެހިންނަށް މަންފާ ލިބޭނެ ގޮތަ ހޯދަމުންދާ ކަމަށެވެ.
“މި ކަންކަން އަޅުގަނޑުމެން ބަދަލު ކުރާންނަން. ކުރިއަށްދާންވާނީ ދެމެހެއްޓެނި ގޮތަކަށް. ކަންކަން އެނގިގެން. އަމާޒު ކުލިއާރ ވެގެން.” ސައިދު
މީގެ އިތުރުން ވާހަކަ ދައްކަވަމުން ވިދާޅުވީ އިޤްތިޞާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކުރިއަށް ނުގެންދެވިއްޖެ ނަމަ، މިހާރު ހާލަތު އޮތް ހާލަތުން ބޮޑު ގެއްލުމެއް ލިބިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދި ވަޒީރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވީ މި މަސައްކަތްތަކާ އެކު ކުރިއަށް އޮތްތާގައިރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި، މާލެ ސަރަހައްދުގެ އެއަރޕޯޓް އިކޮނޮމިކް ޒޯންގައި ތަރައްޤީ ކުރެވޭނެ ކަމަށެވެ.
އަދި ފައިނޭންޝަލް ސެންޓަރުތަކާއި އެކު ފުނަދޫގައި ފައިނޭންޝަލް ސެންޓަރުގެ ޢިމާރާތުގެ މަސައްކަތް ވެސް ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މި ފަސް އަހަރު ތެރޭގައި އަމާޒު ހިފާފައިވާ މަސައްކަތް ނިންމާލުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

