ކުޑަކުދިންނަށް އާންމުކޮށްދޭ އެލާޖީއާއި ގުޅުންހުރި 3 ބޭހެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ އެލާޖީއާއި ގުޅުންހުރި ކުޑަކުދިންނަށް ދޭ ބޭހެއް ކަމުގައިވާ “އެލެގްރާ” 30ގްރާމް 5 އެމްއެލްގެ ތިން ބެޗެއްގައި ކޮލިޓީ މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން އެ ތިން ބެޗުގެ ހިމެނޭ އެލެގްރާ ބޭސް ރާއްޖޭގައި ބޭނުން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އެ ތިން ބެޗް އެއްވެސް ބޭހެއް ރާއްޖޭން ވިއްކުމާއި، ބޭނުން ކުރުމަކީ މަނާކަމެއް ކަމަށާއި، މި ބޭސް ބޭނުން ކުރާނަމަ އަދި ގުދަން ކުރެވިފައިވާ ނަމަ ވީހާވެސް އަވަހަކަށް އެ އޮތޯރިޓީ އަށް އެންގުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

