ނ. ހެނބަދޫގައި ފުލުހުންނަށް އިންޒާރުދީ އަދި ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލި މައްސަލައާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހެނބަދޫ ޕޮލިސް ޕޯސްޓްގައި މަސައްކަތްކުރާ ފުލުހުންނާއި އެ ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރުދީ އަދި ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލި މައްސަލައާއި ގުޅިގެން 33 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.
އެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލީ މި އޮގަސްޓު މަސް ފެށުނު ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ.

