ރޭގައި ކަނޑުމަތީގެ 6 ހާދިސާއެއް ރިޕޯޓު ކޮށްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
މިކަމާ ގުޅިގެން އެ އިދާރާއިން ބުނީ މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ހިނގި ކަނޑުމަތީގެ 3 ހާދިސާއެއްގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން. އަންނަ ކަމަށާއި އަދި މިފަދަ 6 ހާދިސާއެއްގެ ރިޕޯޓް ރޭ ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ.
މިކަމާ ގުޅޭ ތަފްސީލު އެ އިދާރާއިން ދީފައެއް ނުވެއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުދުސަމާލު ނެރިފައިވެއެވެ. އަދި މިއަދު ވެސް އެ އިދާރާއިން ހުދު ސަމާލު ނެރެފައިވެއެވެ.އެ އިދާރާއިން ހުދު ސަމާލު ނެރިފައިވަނީ ތ. އަތޮޅުން ފެށިގެން ގދ. އަތޮޅަށެވެ. މި ސަމާލު ނެރިފައިވަނީ މިއަދު 4:30 އިން ފެށިގެން 9:30 އަށެވެ

