ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު މުސްތަފާ ނަޖުމަށް މި ދައުވަތު ދެއްވާފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދެވެ. މިނިސްޓަރ ޑރ ޝަހީމް، އިސްލާމީ ގައުމުތަކުގެ އިސްލާމިކް މިނިސްޓްރީތައް ބައިވެރިވާ ހާއްސަ ކޮންފަރެންސެއްގައި ބައިވެރިވެ ވަޑައިގަތުމަށް މިހާރު ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިދައުވަތު ދެއްވާފައިވާކަން ހާމަކުރައްވާފައި ވަނީ އިސްލާމިކްމިނިސްޓާރ ޑރ ޝަހީމްގެ އެކްސްޕޯސްޓެއްގަ އެވެ.
ޝަހީމް ކުރެއްވި އެކްސް ޕޯސްޓެއްގައި، ޑރ މުސްތަފާއާ ބައްދަލުކުރައްވާ އެ ދައުވަތު ދެއްވާފައިވާ ކަމަށާއި ޑރ މުސްތަފާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
އިސްރާއީލުގެ ޔަހޫދީން އަނިޔާވެރރިކަން ހައްދުފަހަަނައަޅާފައިވާ ހާލަތަށް ގޮސް ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނަށް ފަލަސްތީނަށް އެހީވުމުގެ ގޮތުން ރާއްޖޭގެ ސަރުކާރުން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
މިފަދަ ހަރަކާތްތަކުގެ ތެރެއިން އެންމެ ހާއްސަކޮށް ފާހަގަކޮށްލެވުނު އެކި އެކި ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނޭހެން ފަންޑް ރައިސިން ހަރަކާތަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ހުދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން، އެމަނިކުފާނުގެ އެދިވަޑައިގެންނެވުމަކަށް ޓެލެތޯން ހަރަކާތެކެވެ. އަދި މި ޓެލެތޯނުން 19 މިލިއަން ރުފިޔާ ލިބުނެވެ.
ހަމަމިއާއެކު ފަލަސްތީނަށް އެހީވުމަށް އދ ގެ ރިލީފް ފަންޑަށް ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދެމުން އަންނަ ފައިސާގެ އެހީ 50،000 ޑޮލަރަށް އިތުރުކުރުމަށް ވަނީ ނިންމާފައި އެވެ. އެއީ ކުރިން ދެމުން ގެންދިޔަ އެހީގެ އަދަދުގެ 10 ގުނަ އިތުރު އަދަދެކެވެ.

