މަސްތުވާތަކެއްޗަކީ އެންމެ ބޮޑަށް ސަމާލުކަންދީގެން މަސައްކަތް ކުރަން ޖެހިފައިވާ ދާއިރާކަން ފާހަގަކޮށް ރާއްޖޭގައި މަސްތުވާތަކެއްޗާއި ގުޅޭ ޤައުމީ ސާވޭއެއްކުރުން މުހިންމު ކަމާގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
ފުލުހުންގެ ނޭޝަނަލް ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި، އެންޑީއޭ ބޯޑާއި ބައްދަލުކޮށް ކުރެއްވި އެ މަޝްވަތަކުގައި ފާހަގަކުރެއްވީ މަސްތުވާތަކެއްޗާ ގުޅޭ މަޢުލޫމާތު އެއްކުރުމާއި ރާއްޖޭގައި މަސްތުވާތަކެއްޗާއި ގުޅޭ ޤައުމީ ސާވޭއެއް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.
މީގެ ކުރިން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ބަލާއިރު ކޮންމެ މަހަކުވެސް 10 ކިލޯ އަށް ވުރެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެވޭ ކަމަށެވެ.
އެގޮތުން އެކި އޮޕަރޭޝަންތަކުގައި މިއަހަރުގެ މިހާތަނަށް 62 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.،
މަސްތުވާތަކެއްޗާއި ބަނގުރަލާއި އެކި ކަހަލަ ޕާޓީ ޑްރަގްސް ވެސް ވަނީ ނެގިފައި ކަމަށާއި މި ސްޓެޓްސްތަކަށް ބަލާއިރުވެސް މި މަސްތުވާތަކެއްޗަކީ އެންމެ ބޮޑަށް ސަމާލުކަންދީގެން މަސައްކަތް ކުރަން ޖެހިފައިވާ އެއް މައްސަލަކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އަތުލެވޭ މިންވަރުވެސް އެކި ފަހަރު އެކި އަދަދުތައް ހުންނަ ކަމަށް ވެސް ވިދާޅު ވިއެވެ.

