މަސްތުވާތަކެތީގެ ފަރުވާ ދިނުމަށް ގދ. ތިނަދޫ ސިޓީގައި ހުންނަ ގިރިންދާގައި މަސްތުވާތަކެތީގެ ފަރުވާ އިތުރުކުރުމަށްޓަކައި މަސައްކަތްތަކެއް ފަށައިފިއެވެ.
މި މަސައްކަތުގެ ދަށުން ސްޓޭޓް މިނިސްޓަރ ލުބްނާ ވަނީ ގިރިންދާ އެންޖީއޯއާ ބައްދަލުކޮށް މަޝްވަރާތަކެއް ކޮށްފައެވެ. އެގޮތުން ތިނަދޫގައި މަސްތުވާތަކެތީގެ ފަރުވާ ކުރިއަށް ގެންދިއުމަށް މިހާރު ހުރި ދަތިތަކާއި ބެހޭ ގޮތުން މަޝްވަރާކުރެވުނެއެވެ. އަދި އެ ބައްދަލު ކުރެއްވުމުގައި ތިނަދޫގައި މަސްތުވާތަކެތީގެ ފަރުވާ ލިބޭނެ ގޮތް އިތުރުކުރުމަށްޓަކައި އެންޑީއޭ އިން އެއްބާރުލުންދިނުމާއި، ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާތައް ކުރެވިފައެވެ.

ސްޓޭޓް މިނިސްޓަރ ލުބްނާ ގިރިންދާ އެންޖީއޯއާ ބައްދަލުކޮށް މަޝްވަރާކުރެއްވުން/ފޮޓޯ: ހޯމްލޭންޑް މިނިސްޓްރީ
ތިނަދޫ ސިޓީގައި ގިރިންދާ ރަސްމީކޮށް އިފްތިތާހު ކުރެވުނީ މިދިޔައަހަރު 26 އެޕްރީލްގައެވެ. 1 އަހަރު ދުވަހުގެ ކާމީޔާބު މަސައްކަތަށްފަހު ތިނަދޫ ސިޓީގައިވަނީ ގިރިންދާގެ އާ އޮފީހެއްވެސް ގާއިމް ކޮށްފައެވެ.
ގިރިންދާގެ މަގްސަދަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އަނބުރާ މުޖުތަމައު އަށް ގެނައުމާއި އެފަދަ ފަރާތްތަކަށް ފަރުވާ އަވަސްކުރުން ކަމަށް އެ ޖަމިއްޔާއިން ބުނެފައެވެ.

