20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެމަނިކުފާނަށް އާދެވުނީ އިޙްލާސްތެރިކަމާ ތެދުވެރިކަމެއް ހުރީމަ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ހައުސް އޮފް ޕިއެންސީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ރައިސަކަށް އާދެވުނީ ފިނި ކޮޓަރީގައި އިދެގެން ނޫން ކަމަށާއި، އެއީ މަސައްކަތް ކޮށްގެން ހޯދާފައިވާ މަގާމެއް ކަމަށެވެ.
” އަޅުގަނޑުގެ މުޅި ސިޔާސީ ހަޔާތް ހޭދަކުރީ ރައީސް ޔާމީނަށް ތާއިދުކުރުމުގައި. ނަމަވެސް އަޅުގަނޑުގެ ނަން މަޖިލީހުގެ ނައިބުރައީސަކަމުގެ މަގާމަށް ފޮނުވާފަ ފެއިލް ކޮށްލީ ރައީސް ޔާމީން” އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް ޔާމީންއަށް ތާއިތުކުރުމުގައި 30 އަހަރު ހޭދަ ކުރެވުނު ކަމަށާއި، ނަމަވެސް ރައީސް ޔާމީންގެ ކިބައިން ފެނުނީ ޙިޔާނާތްތެރިއެއްގެ ސިފަ ކަމަށެވެ.
“އެފަދަ މީހުންނަށް ހިޔާނަތްތެރިންނޭ ކިޔަނީ. އެފަދަމީހުންނަށް މީހުންގެ މަސައްކަތުގެ އަގުވަޒަން ކުރަން ނޭނގެނީ”އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ މިހާޜު ރައީސް ޔާމީން ރައީސް މުއިއްޒުގެ އަގު ވައްޓާލަން މަސައްްކަތް ކުރެއްވި ނަމަވެސް ރައީސް މުއިއްޒަކީ އަޙްލާގު ރަނގަޅު ހެޔޮލަފާ ވެރިއެއް ކަމަށެވެ. ކިތަންމެ ވަރަކަށް ރައީސް މުއިއްޒުގެ އަގު ވައްޓާލަން މަސައްކަތް ކުރެއްވި ނަމަވެސް އެކަން އެގޮތަށް ނުވާނެ ކަމަށެވެ. އެއީ އެއަށްވުރެ މާ ޙުލްގުހެޔޮ ބޭފުޅެއް ކަމަށެވެ.

