ދެކުނުގެ މަސްވެރިންކަން ދަށްވެފަ ދުވަސްތަކަށް އޮތުމަށްފަހު މަސްވެރިކަން ރަނގަޅުވާން ފަށައިފިއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނީ ދެކުނުގެ މަސްވެރިންކަން ރަނގަޅުވެ އައްޑޫ ދޯންޏެއް 25 ޓަނުގެ މަސް ބާނައިފައިވާ ކަމަށެވެ.
“އައްޑޫ ދޯންޏެއް 25 ޓަނުގެ މަސް ބާނައިގެން އައްޑޫ އޭއެފްސީ އަށް ވަދެފައިވޭ.” މިފްކޯ
މިފްކޯއިން މި ހަފްތާ ކުރީކޮޅު ބުނީ މާލެ ސަރަހައްދުގައި މަސްވެރިކަން ރަނގަޅުވަމުން އަންނަ ކަމަށާއި، މިފްކޯގެ ބޯޓު ރަންދި-20 މާލެ ކައިރީގައި މަސްކިރަމުންދާ ކަމަށެވެ. މަސްވެރިކަން ލ. އަތޮޅާއި ތ. އަތޮޅުގައި މެދު މިންގަނޑަކަށް ރަނގަޅުވާނެކަމަށްވެސް މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯ އިން ބުނީ މ. އަތޮޅު މަޑުއްވަރި އާއި މުލަކާ ދިމާލުން 27.4 ޓަނުގެ މަސްކިރުވާފައިވާ ކަމަށެވެ. އެއީ 11 ދޯންޏަކުން މިފްކޯގެ ބޯޓަށް ކިރުވި މަސް ކަމަށެވެ.

