ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި “ޑެޑްޕޫލް ކޮސްޓިއުމް”އެއްގައި ހުރި މީހަކާ ސުވާލުކޮށްފައިވާނެކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ “ޑެޑް ޕޫލް” ކޮސްޓިއުމެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ދިވެހި ފިރިހެނަކާ ރޭގެ ވަގުތެއްގައި ފުލުހުން ސުވާލުކޮށްފައިވާކަމަށެވެ.
ފުލުހުން ބުނީ ”ޑެޑްޕޫލް އެންޑް ވޮލްވެރިން“ގެ ހެދުމުގައި އޭނާ އެއާޕޯޓަށް ދިޔައީ ރައްޓެއްސަކު ބަލާ ކަމަށް ބުނެފައިވާ ކަމަށެވެ.
އެހެންވެ މައުލޫމާތު ސާފުކުރުމަށް ފަހު ފުލުހުން އޭނާ ފޮނުވާލި ކަމަށް ބުނެފައިވެއެވެ.

