މާލޭސިޓީ ފުރުގާން މިސްކިތުން ފައިވާން ވަގަށް ނަގައި، އެ ސަރަހައްދުގައި ހުރި މީހަކަށް ވަޅިން ބިރުދައްކައި އިންޒާރު ދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހއ. ހޯރަފުއްޓަށް ނިސްބަތްވާ އަހްމަދު ޝަރީފެވެ.
ފުލުހުން ބުނީ އަހްމަދު ޝަރީފް ހައްޔަރު ކުރީ އަމީނީ މަގުގައި ހުންނަ ފުރުގާން މިސްކިތް ކައިރީގައި ހުރި ފައިވާންތަކެއް ވަގަށް ނަގައި، އެތަނުގައި ހުރި މީހަކަށް ވަޅިން ބިރުދައްކާ އިންޒާރު ދިން މައްސަލައެއްގައި ކަަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިމީހާ ވަޅިން ބިރު ދެއްކީ މީނާ ފައިވާން ނަގައިގެން ދަނިކޮށް ހުއްޓުވި މީހަކަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

