ބަނގްލަދޭޝްގެ އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރުގެ މަގާމަށް އައްޔަނު ކުރެއްވި ޑރ.މުޙައްމަދު ޔޫނުސް އަށް ރައީސުލްޖުމްހޫރިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
ޑރ.މުޙައްމަދު ޔޫނުސް އަށް މަރުހަބާ ދަންނަވާ ރައީސް އެކްސްގައި ވިދާޅުވީ ޒަމާންވީ ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން އަދި ގާތް ބައިވެރިއެއްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ޒަޢާމަތުގައި ބަންގްލަދޭޝްގެ ރައްޔިތުންނަށް އެއްބައިވަންތަކަމާއި ސުލްހަ މަސަލަސްކަމާއި ފާގަތިކަމަށް ރާއްޖެއިން އެދޭ ކަމަށެވެ.
ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރުގެ މަގާމަށް ޑރ.މުޙައްމަދު ޔޫނުސް އައްޔަނު ކުރެއްވި 19 އަހަރުވަންދެން ބަންގްލަދޭޝް ގައި ވެރިކަން ކުރެއްވުމަށް ފަހު އޮގަސްޓް 5 ވަނަ ދުވަހު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

