ވެށި އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމުގެ މަސައްކަތް ކަސްޓަމް އާއި ފުލުހުން ގުޅިގެން ފެށުމުގެ މަޝްވަރާ ކުރައްވައިފިއެވެ.
އެގޮތުން މަސްތުވާތަކެތި ފަދަ ގެއްލުންދެނިވި ތަކެތި ރާއްޖެ އެތެރެވުން ހުއްޓުވައި، ރާއްޖެއަކީ އަމާން ރައްކާތެރި ގައުމަކަށް ހެދުމަށް ގުޅިގެން ކުރެވޭ މަސައްކަތް ފުޅާކޮށް އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުންވެސް ދެ ފަރާތުން މަޝްވަރާކުރެއްވިއެވެ.
އެ ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި، މިހާރު ގުޅިގެން ކުރެވޭ ކަންކަން އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތްކުރުމުގެ އައު ނިޒާމުތައް ގާއިމުކުރުން ހިމެނެއެވެ. މީގެއިތުރުން، ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމާއި، ފަންނީ އަދި އެހެނިހެން ދާއިރާތަކުން ދެފަރާތުން އެއްބާރުލުން ފޯރުކޮށްދެވޭނެ ގޮތްތަކާ މެދުވެސް މަޝްވަރާކޮށްފައި ވެއެވެ.
އެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ބައްދަލުކުރައްވައި، ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. އެ ބައްދަލުވުން އޮތީ ކޮމިޝަނަރ އޮފް ޕޮލިސްގެ އޮފީހުގައެވެ.
އެ ބައްދަލުވުމަކީ ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތުގެ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

