މިއަދު ހެނދުނު ސައިކަލެއްގައި ސޯސަން މަގުން ދިޔަ ދެ މީހަކު ބިދޭސީއެއްގެ ވޮަލެޓް ފޭރިގެން ގޮސްފައިވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ދެ މީހުން ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ހެންވޭރު ޕޮލިސް ސްޓޭޝަންގެ ފުލުހުން މަގުަމަތި ޕެޓްރޯލް ކުރަމުންދިޔައިރު މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ފަހަތުން ގޮސް މި ދެމީހުން ހޯދާފައިވާ ކަމަށާއި، އެކަކު އަތުލައިގަނެވުނީ ކަސްތޫރި މަގުން ކަމަށް ފުލުހުން ބުނެއެވެ. އަނެއްމީހާ އެތާ ކައިރީގަ ހުރި ގެއަކަށް ވަދެފައިވާ ކަމުގެ މައުލޫމާތު ލިބުމުން އެގެއަށްވަދެ އޭނާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
“ފުލުހުންނަށް ފިލަންވެގެން ގެއަކަށް މީހާގެ އަތުން ވަނީ ބިދޭސީ މީހާގެ ވޮލަޓް ފެނިފަ. އެ ވޮލަޓްގައި ހުރީ ޔޫއެސް ޑޮލަރު، އޮސްޓްރޭލިއަން ޑޮލަރު، އަދި ދިވެހި ފައިސާ” ފުލުހުން
މިހާރު އެ ވޮލަޓް ވެރިފަރާތާ ހަވާލު ކޮށްފައިވާ ކަމަށާއި، މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ސ. މަރަދޫ ސުލްތާން ވިލާ މުހައްމަދު ރިމާހު އާއި، ހަމަ އެރަށު އެ ގޭ އިބްރާހީމް ޝުޖާއު ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ މިހާރު ފުލުުހުން ގެންދަނީ ތަހުގީގް ކުރަމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

