އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ބައެއް މަޝްރޫއުތައް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާއިމުކޮށްފައިވާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ)ގެ ދަށުން މިދިޔަ ދެތިން އަހަރުގެ ތެރޭގައި ވަނީ ގިނަ މަޝްރޫއުތަކެއް ފަށާފަ އެވެ.
މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރެވެ. ނިމުން ފާހަގަކޮށްފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢުތަކުގެއެވެ.
ފޮރިން މިނިސްޓްރީގައި، ރޭގައި ބޭއްވި ރަސްމިއްޔާތެއްގައި އިފްތިތާހު ކުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:
- ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަށް، ހއ. ދިއްދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒާއި ލ. ގަމުގައި ހުންނަ އިހައްދޫ ސްކޫލާއި ގދ. ތިނަދޫގެ އަބޫބަކުރު ސްކޫލުގައި ގާއިމުކުރި "އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓް"
-
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި ‘ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރު.’ މިތަނުގައި ކުޑަކުދިންނަށް ފިޒިއޮތެރަޕީ އާއި ސްޕީޗް ތެރަޕީ އާއި ކައުންސެލިން އާއި ސައިކޮލޮޖިކަލް އެސެސްމެންޓް މިހާރު ހެދޭނެ
-
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި މެންޓަލް ހެލްތު ޔުނިޓު
-
ތ. ތިމަރަފުއްޓާއި ވޭމަންޑޫގެ އިތުރުން ގއ. ކޮނޑޭގައި މަގުބައްތި ޖެހުން
-
މީގެ ތެރެއިން "އިންކްލޫސިވް އެޑިއުކޭޝަން" އާއި މަގުބައްތި ޖެހުމުގެ މަޝްރޫއަކީ 2021 ވަނަ އަހަރު އިއުލާންކުރި މަޝްރޫއުތަކެކެވެ. އަދި މެންޓަލް ހެލްތު ޔުނިޓާއި ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރުގެ މަޝްރޫއަކީ، 2022 ވަނަ އަހަރު ރާއްޖެ ވަޑައިގެން ޖައިޝަންކަރު އިއުލާން ކުރެއްވި ދެ މަޝްރޫއު އެވެ.
ރޭގެ ރަސްމިއްޔާތުގައި އިތުރު ދެ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ. އެއީ:
- އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީ އާއި އިންޑިއާގެ ނެޗުރަލް ޕޭމަންޓް ކޯޕަރޭޝަނާ ދެމެދު ހެދި އެއްބަސްވުމެއް
ސިވިލް ސާވިސް ކޮމިޝަނުގެ 1،000 މުވައްޒަފަކު ތަމްރީނުކުރުމަށް، އެ ކޮމިޝަނާއި އިންޑިއާގެ ނެޝަނަލް ސެންޓަ ފޯ ގުޑް ގަވަނެންސްއާ ދެމެދުވި އެއްބަސްވުމެއްރޭގެ ރަސްމިއްޔާތުގައި ޖައިޝަންކަރު ވިދާޅުވީ ރާއްޖެއާ ގާތް ގުޅުމެއް ބާއްވައި، އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން ވަރަށް އިސްކަންދޭ ކަމަށާއި ރާއްޖެ ވަޑައިގަންނަވާ ކޮންމެ ދަތުރެއްގައި ވެސް ކަމާ ގުޅޭ އެކި އިދާރާތަކާ ބައްދަލުކުރައްވައި، އެހީ ބޭނުންވާ މުހިންމު ދާއިރާތައް ހޯއްދަވާ ކަމަށެވެ.
އެގޮތުން މި ދަތުރުގައި ވެސް އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީގެ އޮފިޝަލުންނާ ވެސް ބައްދަލުކުރައްވައި، އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ޖައިޝަންކަރު ވަނީ ހާމަކުރައްވާފައެވެ.

