8 މަސް ތެރޭ ޒުވާން 300 ޚަޠީބުން ތަމްރީނުކޮށް ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޒުވާން ޚަޠީބުންގެ 200 ބައިވެރިންގެ ތަމްރީނު ނިމި މި މަސްތެރޭ ސަނަދު ދިނުމުގެ ޙަފްލާ ބައްވާނެ ކަމަށާއި، އެއިރުން މި 8 މަސް ތެރޭ ޒުވާން 300 ޚަޠީބުން ތަމްރީނުކޮށް ނިމުނީ ކަމަށެވެ.

ޒުވާން ޙަތީބުން/ފޮޓޯ : އިސްލާމިކް މިނިސްޓްރީ
މީގެ ކުރިންވާނީ 100 ޙަތީބުން ތަމްރީނުކޮށްފަ. އަމާޒަކީ 1 ހާސް ޒުވާން ޚަޠީބުން ތަމްރީނު ކުރުން." މިނިސްތަރު ޝަހީމް
ޝަހީމް ވިދާޅުވީ ރީތިކޮށް ޤުރުއާން ކިޔަވާ ޚުޠުބާ ކިޔާ ބަންގިގޮވާ ޒުވާން ޖީލެއް ނެރެން ބޭނުންވާ ކަމަށާއި، މިއީ ރައީސްގެ ފުރިހަމަ އިރުޝާދުގެ ދަށުން ކުރިއަށް ގެންދެވޭ ވަރަށް ޚާއްޞަ މަޝްރޫޢެއް ކަމަށެވެ. އެ ކަމަށް ލިބިގެން ދާ ތަރުޙީބަށްޓަކައި އުފާކުރާ ކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަ ކޮށްފައެވެ.

