މަނާތަކެތި ޖަލަށް ވެއްދުމުގެ ކުށުގަ ހައްޔަރުކުރި ކަރެކްޝަން ސާވިސްގެ މުވައްޒަފުންގެ ގޮތުގަ ތިބި 13 މީހުންގެ މައްސަލަ ޕްރިސެކިއުޓާރ ޖެނެރަލް އޮފީސް ޕީޖީ އަށް ފޮނުވައިފިއެވެ.
ފޯނާއި މަސްތުވާތަކެތި ހިމެނޭގޮތަށް ޖަލަށް ވެއްދުން މަނާތަކެތި ވައްދައިދޭ ކަމުގެ ތުހުމަތުގަ ހައްޔަރުކޮށްފައިވާ މީހުންގެ މައްސަލައިގަ ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާކަން ފުލުހުން ވަނީ މިއަދު ހާމަ ކޮށްފައެވެ.
ޖޫން 27 ގައި ނޫސްވެރިން ބޭއްވި ބައްދަލުވުމެއްގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ މާފުށި ޖަލުގައި ފުލުހުން ބޭނުންކޮށްގެން އޮޕަރޭޝަނެއް ފެށި ކަމަށާއި، އެ އޮޕަރޭޝަން ފަށާފައިވަނީ ޖަލުގައިގައި ތިބޭ ގައިދީންނަށް ފޯނާއި މަސްތުވާތަކެތިފަދަ މަނާ ސާމާނުތައް ޖަލަށް ވައްދާ ކަމުގެ ތުހުމަތުގައި ކަމަށެވެ.
މީގެ ކުރިންވެސް މިފަދަ ފިޔަވަޅުތައް ޖަލު އޮފިސަރުންނަށް އަޅާފައިވެއެވެ. ނަމަވެސް ހާއްސަ އޮޕަރޭޝަނެއްގެ ދަށުން މިއީ ޖަލުން މުއައްޒަފުންތަކެއް މިގޮތަށް ހައްޔަރު ކުރެވުނު ފުރަތަމަ ފަހަރެވެ.

